
އިރުއެރުމަށް ތައްޔާރުވަމުންދިޔަ ވަގުތުކަން ޔަގީންވީ ބިއްލޫރި ބޮޑު ދޮރުގެ އެއްފަޅީގައި ކަނޓައިންސް ނުދަމާ ހުރީތީ އެވެ. އަހަރެންގެ މޫނަށް ބަލައިލަމުން ރިދީ ހިނިތުންވި އެވެ. އުނދަގޫ މި ވަގުތުގައިވެސް ރިދީގެ ރައްކާތެރިކަން ލިބުނީ އެވެ. ކާއިނާތުގައި އަނދިރިކަން ވެރިވެފައިވިޔަސް އަހަރެންގެ ދުނިޔެ އަލިވެ އުޖާލާވެއްޖެ އެވެ.
ރިދީއަކީ އަހަރެންގެ 'ބޭނުންތައް ފުއްދުމަށް' ހިތް އެދޭ އެދުމެއް ނޫނެވެ! ރިދީ އަކީ އަހަރެންގެ ފުރާނަ އެވެ. މިހިތުގެ ވިންދެވެ. ރިދީއާއި ނުލައި އަހަރެންގެ ވިންދު ފުރިހަމައެއް ނުވެ އެވެ. އެނދުން ތެދުވެ، ތާޒާވެލާން ބޭނުންވި ހަމައެކަނި ސަބަބަކީ ރިދީ އެވެ.
...................
"މިހައި އަވަހަށް ނިދިން ހޭލައްވާލަން ޖެހުނީތީ ވަރަށް ބޮޑަށް ސޮރީ.. ފަތިސް ނަމާދު ވަގުތުޖެހެން އަދި ވަރަށް ވަގުތު އެބައޮތް..ވަރަށް ބޮޑަށް ސޮރީ!" އަމިއްލަ ނަފުސު ކުށްވެރިކުރެވިފައި އަހަރެން މައާފަށް އެދުނީމެވެ.
ފެންނާން އިން ގަޑިން އަދި ހަތަރެއް ޖެހީ އެވެ. ފަތިސްނަމާދަށް ރިދީ ހޭލާ ގަޑިވެސް ނުޖެހެނީސް އަހަރެންގެ ސަބަބުން ތެދުވާން ޖެހުނީ އެވެ.
ރޭގެ ގަދަފަދަ ތޫފާނަށްފަހު ދުނިޔެ އަމާންވެއްޖެ އެވެ. ވިއްސާރައިގެ ހިލަމެއްވެސް މިވަގުތުނެތެވެ.
ހޮޓެލްއަށް ބަދަލުނުވެ، ރިދީގެ ގޭގައި މަޑުކުރާންޖެހުނުކަން ހަނދާންވުމުން ހަގީގަތް އަހަރެންގެ ކުރިމަތީގައި ނިއުޅެލައިފި އެވެ. ރޭގެ ހާދިސާތަކެވެ. އެ ހަނދާންތަކެވެ. ތަގުދީރުގައި އަހަރެންގެ ނަސީބު އޮތްގޮތެއް ނޭގެ އެވެ. އެކަމަކު ރޭގެ އެ ތޫފާނަށްޓަކައި ހިތުގެ އެންމެ އަޑިން ﷲއަށް ޝުކުރުވެރިވީމެވެ.
އެހެންމީހުންނާއެކު ވަގުތު ހޭދަކުރުމުގެ ބަދަލުގައި ރިދީގެ އަތުގެ ތެރޭގައި ނިދާލަން ލިބުނީ ރޭގެ ތޫފާނުގެ ސަބަބުންނެވެ. ދެއަހަރަށްފަހު އަރާމް ނިންޖަކުން ނިދާލެވުނު ފުރަތަމަ ރޭ އެވެ. އެންމެ ލޯބިވާ ރިދީ އަހަރެންގެ އަތު ތެރޭގަ އެވެ.
މިއަށްވުރެން އުފާވެރި ދުވަހަކަށް އަލިވިލޭނެ ކަމެއް ނޭގެ އެވެ. މިފަދަ އެތައް ދުވަހެއް އަހަރެންނާއި ރިދީގެ ހަޔާތުގައި މިންވަރު ކުރައްވާށި އެވެ. އާމީން! އަލްހަމްދު ލިއްލާހި އެވެ!
"ސޮރީ ބުނަންޖެހޭ ސަބަބެއް ނެތް! އީތަން ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި އީތަންއާއެކު މި ގޮތުގައި، އެންމެ ގާތުގައި ހުރެދޭނަން..! އަހަރެންގެ ހަޔާތުގައި އީތަންއަށްވުރެން މުހިއްމު އެހެން މީހަކު ނުހުންނާނެކަން އަބަދުވެސް ގަބޫލުކުރޭ! ކިތަންމެ ރެއަކު އީތަންގެ ހައްގުގައި އަހަރެންގެ ނިދި ގުރުބާންކޮށްފައި ކޮޅަށް އިންނާންޖެހުނަސް، ތައްޔާރު!" އަހަރެންގެ ލޮލަށް ބަލަމުން ރިދީ ވައުދުވި އެވެ.
އޮޅުވާލުމެއް ނުވަތަ ގޮތްދެއްކުމެއް ނެތް ސާފު އަހުދެކެވެ. އަހަރެންގެ ހިތް މި ކުޑަކުޑަ އަންހެން ކުއްޖާ ފަތަހަކުރީ، އަޖައިބެއްފަދަ ގޮތަކަށެވެ. އަބަދަށްޓަކައި އަހަރެންގެ ދިރިއުޅުން ރިދީއާއެކު ލައްވާށި އެވެ!
އަހަންނާއެކު ދުނިޔެ ތަހަންމަލް ކުރުމަކީ ފަސޭހަކަމަކަށް ނުވާނެ އެވެ. ދިރިއުޅުމަކަށް ނުވަތަ ދެމީހެއްގެ ދެމެދު އޮންނަ ގުޅުމަކަށް 'އައި- ލަވް- ޔޫ' ލަފްޒު އެއީ އަހަންނަށް މުހިއްމު އެއްޗެއް ނޫނެވެ. އެކަކު އަނެކަކަށްޓަކައި ބުނެލާ ލޯބި ލަފްޒުތަކާއި ނުހަނު އޯގާތެރިކަމާއި ތެދުވެރިކަމާއެކު ކޮށްދޭ، ކުދިކުދި ކަންކަން އަހަންނަށް ވަރަށް މުހިއްމެވެ. ދިރިއުޅުމުގެ އުފަލާއި އިތުބާރާއި ރައްކާތެރިކަމަށްވުރެން މުހިއްމު އެހެން އެއްވެސް އެއްޗަކަށް، އަހަރެންގެ ދިރިއުޅުމުގައި އަގެއް ނޯންނާނެ އެވެ.
"އޯހ!.. ސޯ ޔޫ ކޭން ބީ ވިތް މީ، އޯލް މައި ލައިފް؟" ރިދީއާއި ދިމާއަށް ގުދުވެލާފައި އެއްބުމަ އަރުވާލަމުން އަހަރެން ސުވާލުކުރީމެވެ.
އަހަރެންގެ ސަމާސާގެ ޖަވާބުގައި، ގަމީހުގެ ގިރުވާނުގެ ދެފަރާތުގައި ހިފާފައި ރިދީއާއި ގާތް ކޮށްލި އެވެ. ސީދާ ލޮލާއި ލޯ އަމާޒުކުރީމެވެ. އަހަރެންގެ އެންމެ ބަލައިލުމަކުން ރިދީގެ މޫނު ލަދުން ރަތްވެގެންދިޔަ މަންޒަރު ދުށީމެވެ. ތިރީ ތުންފަތުގައި ރިދީއަށް ދަތް އަޅައިލެވުނީ ލަދުންކަން ޔަގީނެވެ. އެކަމަކު މިއީ އަހަރެންގެ ލޯބިވާ، ނުރައްކާ ވަގުތެއްގައި އަހަރެންގެ ކަންފަތުގައި ޖަހުވާލި ނުރައްކާތެރި ރަގަބީލެކެވެ. އެއްމިޔަކަނުން ހިނިއައިސްފައި ބަލާލީމެވެ.
"ޔެސް، އީތަން މުހައްމަދު މަނިކު، އޯލް މައި ލައިފް!" އަހަރެންގެ ލޮލަށް ބަލަމުން ރިދީގެ ޔަގީންކަން ތަކުރާރުކޮށްލި އެވެ. ދެ ތުންފަތް ބީހިގެން ދިޔައީ ރިދީގެ ލުއްކިއެއްގެ ސަބަބުންނެވެ.
ރިދީގެ ކުއްލި މި ހަރަކާތާއެކު ލިބުނު ޝޮކްގައި އަހަރެންގެ ދެ ލޯ ބޮޑުވެ، ގައިން ހީބިހި ނެގި އެވެ. އަހަރެންގެ ގަމީހުގައި ހިފާފައި ތިރިކޮށް، އެނދުގައި އޮށޯތީ އޭނާގެ ސީދާ ގައިމައްޗަށް އަހަރެން ތިރިވާ ގޮތަށެވެ.
އެއްމިޔަކަނުން ހިނިއައިސްފައި ހުރެވުނަސް އަހަރެންގެ ހިނިތުންވުން، މުޅިން އެހެން ދުނިޔެއަކަށް ދަތުރުކުރާން މާގިނަ ވަގުތެއް ނުނެގި އެވެ.
މިވަރުގެ ތެދުވެރި އަންހެންކުއްޖަކު އަހަރެންގެ ހަޔާތުގައި ދުވަހަކުވެސް ނުދެކެމެވެ. އަމިއްލަ ނަފުސަށް ފަރުވާލެއް ނެތި އެހެންމީހުންގެ އުފަލާއި ހިތްހަމަޖެހުމުގައި އޭނާގެ ދުނިޔެ އާރާސްތުކުރާން ޖެހުނަސް ރިދީ ހުންނާނީ ތައްޔާރަށެވެ. އަހަރުމެންގެ ލޯތްބަކީ، އެކަކު އަނެކަކަށްޓަކައި ދިރިހުރުމެވެ. ރިދީގެ ލޯތްބަކީ އަހަންނަށްޓަކައި ގުރުބާނީ އެކެވެ. އަހަރެންގެ ލޯތްބަކީ ރިދީއަށްޓަކައި ރައްކާތެރިކަމެކެވެ. މި ގުޅުމުގައި އެހެން އެއްވެސް މީހަކު ހިއްސާކުރާން އަހަރެންގެ އެންމެ ގުނަވަނަކުންވެސް ހުއްދައެއް ނުދޭނަމެވެ. އަހަރެންގެ ބޭނުމަކީ، ރިދީގެ މުޅި ދުނިޔެއަކީ ހަމައެކަނި އަހަރެން ކަމުގައި ވުމަށެވެ. ރިދީގެ ހަމައެކަނި ލޯތްބަކީވެސް، ރިދީގެ ހަމައެކަނި އާއިލާއަކީވެސް، ރިދީއަށްޓަކައި މުޅި ކާއިނާތަކީވެސް ހަމައެކަނި އަހަރެން ކަމުގައި ވުމަށް އަހަރެން ބޭނުމެވެ. އަހަރެންނަށްޓަކައި ރިދީގެ ލޯބި، އެ ރީތި ހިތްގައިމު ދެލޮލުން ސާފުކޮށް ފެނެ އެވެ.
އަހަރުމެން ދެމީހުންގެ ގާތްކަމުގައި ރިދީގެ ކެތްތެރިކަން ކޮޅުންލައިފި އެވެ. އިޝްގީ އޮއެވަރުގައި ދެލޯ މަރައިލި ވަގުތު ދެތުންފަތް ދުރުކޮށްލީ، ފަތިހަށް ފޮޅުމަށް ތައްޔާރުވެފައި އިން ފިނިފެންމަލެއްގެ ފިޔަ ދުރުކޮށްލާ ފަދައިންނެވެ. ލޯބިލޯބި ތުންފަތަށް ބަލަމުން ކުރިއަށްވުރެންވެސް ތިރިވެލީމެވެ. ދެމީހުންގެ ނޭފަތް ބީހިލި ވަގުތުގައި އަހަރެންވެސް ލޯ މަރައިލީމެވެ. މުޅި ހަށީގައި ހުޅު ރޯވަނީ އެވެ. މަޑުމަޑު ހަރަކާތަކާއެކު ރިދީގެ ނިއްކުރީގައި ތުންފަތް ޖައްސައި ކިސްކޮށްލީމެވެ. ރިދީގެ ދެ ތުންފަތް ކުރިއަށްވުރެންވެސް ބޮޑަށް ދުރުކޮށްލި އެވެ. އަހަރެންގެ ހިއްސުތައް މައިތިރިވޭތޯ އެގޮތުގައި މަޑުކޮށްލީމެވެ.
ލަސްހަރަކާތަކާއެކު އަހަރެންގެ ދެ އަތުގެ އެހީގައި ރިދީގެ ދެ އަތް ބޮލާއި ހަމައަށް އުފުލާލާފައި ދެއަތުގެ އިނގިލިތައް މަހާލައި ދެ އަތް ޖޯޑުކޮށްލީމެވެ. އަދިވެސް އަހަރެންގެ ތުންފަތް އޮތީ ރިދީގެ ނިއްކުރީގަ އެވެ. ދެ ލޮލުގެ އެސްފިޔަތައްވަނީ ލައްޕާލެވިފަ އެވެ.
"އީ.. ތަ... ން..!" ލަސްލަހުން، މަޑުމަޑުން ރިދީ ބުނެލި އެވެ. ކުރިއަށްވުރެން ބާރަށް ދެމީހުންގެ އަތް ޖޯޑްކޮށް ފިއްތާލީމެވެ.
އަހަރެންގެ އަތުގެ ތެރެއިން ރިދީގެ އެއް އަތް މަޑުމަޑުން މިންޖުކުރި އެވެ. އިނގިލިތަކުން މޭގައި ފިރުމާލުމަށްފަހު އަހަރެންގެ ކަނދުރާގައި ރިދީ ފިރުމާލި އެވެ. ލަސްހަރަކާތެކެވެ. ފުން ޖަޒްބާތެކެވެ. އަހަރެންގެ ލޯ މަރައިލާން އެސްފިޔަތައް މަޖުބޫރުކުރި އެވެ. ކުއްލިޔަކަށް ކަނދުރާގެ ހިމަ ލޯލިތައް ކޮޅަށް ޖެހުނެވެ. ރިދީގެ ފިނިއަތުން ހުރަހަކާއި ނުލައި އަހަރެންގެ ގައިގައި ބީހިލައިފި އެވެ. މި ލޯބި ހަރަކާތް ލޮލުގައި ރެކޯޑްނުކޮށް ކެތެއްނުވި އެވެ.
ރިދީގެ ލަސް ހަރަކާތާއެކު އަހަރެންގެ ހުދު ގަމީހުގެ ގޮށްތައް ނައްޓުވަމުންދިޔައީ އިނގިރޭސި ފިލްމެއްގެ 'ރޮމެންޓިކް' މަންޒަރެއްގެ 'ސީން' އެއްފަދައިންނެވެ. އަހަރެން ތިރިވެލީމެވެ! ރިދީގެ މޫނުގައި އަހަރެންގެ ތުންފަތުން ދެވެން އޮތް ހުރިހައި ހަމަލާއެއްދީ، ފަތަހަކުރުމަށެވެ. ދެ ލޮލާއި، ކޯތާފަތާއި ކަންފަތުގެ ފޫޅުދަނޑިއަށް އަހަރެންގެ ހަމަލާތައް އަމާޒުކުރީމެވެ. ހަގީގަތަކީ އަހަރެން ފުރަތަމަވެސް ހަމަލާ އަމާޒުކުރަން ބޭނުންވީ، ރިދީގެ ތުންފަތަށެވެ. އެކަމަކު... 'ނޮޓް ސޯ ސޫން!'
ފަހަރަކު ގޮށެށް ނައްޓުވަމުން އަހަރެންގެ ގަމީހުގެ ހުރިހައި ގޮށެށް ރިދީގެ ތޫނު ހަންޖަރުން ޒަހަމްކޮށް ނިންމައިފި އެވެ. ލިބުނު އެންމެ ބޮޑު ހައިރާންކަމަކީ އަހަރެންގެ ގަޔާއި ގަމީސް ވަކިކުރީ ސީދާ ރިދީ އެވެ. މިއީ ދުވަހަކުވެސް ލޯބީގައި ރިދީ ހުރަސްކުރި ރޮނގެއް ނޫނެވެ. ފަރުވާލެއް ނެތެވެ. ލޯބީގެ ކަނޑުގައި މިއަދު ގެނބޭނީ ދެމީހުން އެކުގައި، އެއް ފުންމިނަކަށެވެ. އޮއެވަރުގައި ގެންދިޔަ އައްސޭރިއެއްގައި ބަނދަރުކުރުމަށް ތައްޔާރެވެ!
އަހަރެން ގުދުވެލީމެވެ. ރިދީގެ ތުނި ކޮޓުން ޓޮޕްގެ ކަނެއްގައި ދަތްއެޅީމެވެ. މަޑުމަޑުން އުފުލަމުން، ބަނޑުން ބައެއް ހާމަކޮށްލީމެވެ. ލުއި ލުއި ބީހުންތަކުން ރިދީގެ ބަނޑާއި ފޫޅުގައި އަހަރެން ލޯބިކުރީމެވެ. އަހަރެން ހުއްޓުވުމުގެ ޝައުގެއް ރިދީގެ ނެތީތީވެ، ގޯނާތަށް އިތުރު ހަރުފަތްތަކަށް ބަދަލުކުރާން ފެށީމެވެ. ރިދީއަކީ ހަމައެކަނި އަހަރެންގެ ހައްގަކަށްވާތީ އެވެ.
"އީ- ތަ- ން..!" އަހަރެންގެ ދަތުން އަމާޒުކުރި ހަމަލާއިން ރިދީއަށް ކެތްނުވީ އެވެ.
އިޝްގުގެ ކަނޑުގައި ފީނަމުން ދިޔައީ އަހަރެން އޮއެވަރު ބަދަލުކުރަމުންދިޔަ މިސްރާބުގަ އެވެ. އަހަރެންގެ ދަތުގެ ކޮންމެ ހަމަލާއަކަށް ފަރުވާކުރަމުންދިޔައީ ތުންފަތުގެ އެހީގަ އެވެ. ރިދީގެ އިހްސާސްތަކުގައި ހުޅުރޯވިތާ ކިތަންމެ އިރެކެވެ. އެކަން އަހަންނަށް ނޭގެނީއެއް ނޫނެވެ.
ދުވަހެއްގައިވެސް ދެމީހުންގެ އިޝްގުގައި ދަތުރުނުކުރާ ހިސާބު، ދުރު މަންޒިލަކަށް ދެވިއްޖެ އެވެ. އަހަރެން ހުއްޓުވުމުގެ އެއްވެސް ޝައުގުވެރިކަމެއް ނުވަތަ އެ ހިޔާލުވެސް މިއަދު ރިދީގެ ނެތެވެ. މިއީ ރިދީއަށް ލޯބީގެ މުޅިން އާ އާލަމެކެވެ. މިހައި ތަނަށް ދަތުރުކުރެވިފައިނުވާ އިޝްގީ މަންޒިލެކެވެ.
އަހަރެންގެ ގޯނާތައް ހުއްޓުވަން ވެއްޖެކަން ހަވަނަ ހިއްސު އިންޒާރުކުރި އެވެ. ތެދެކެވެ. ކުރިން ހުރަސް ނުކުރާ ކިތަންމެ ރޮނގެއް ފަސްދީފި އެވެ. ރިދީގެ ހުއްދަ އޮތަސް، މިހިސާބުން އަހަރެން އެ ރޮނގު ބަންދުކުރަން ޖެހެ އެވެ.
އަހަރެންގެ ނަމުގައި ރިދީގެ މުޅި ހިތާއި ހަށިގަނޑު 'މާކު ކުރަން' ބޭނުމެވެ. ނަމަވެސް އަހަރެންގެ ހިތާއި ސިކުނޑީގެ އަރާރުމުގައި ގޮތް ނިންމަންޖެހެ އެވެ. ދެމީހުން އެކުގައި ލޯބީގެ ކަނޑުގެ އެންމެ އަޑިއަށް ފީނަން ބޭނުމެވެ. އެކަމަކު އެއީ ގޯހެއްކަން އަހަރެންވެސް ގަބޫލުކުރަމެވެ. އަހަރެންގެ އަމިއްލަ ނަފުސަށް ވެފައިވާ ވައުދުތައް ހުންނާނެ އެވެ. ރިދީގެ އެއްވެސް ކަމެއްގައި އަހަރެންގެ އެ ވައުދުތަކަށް ހުރަސް އަޅާކަށް، އަހަރެންގެ ޒަމީރު ހުއްދައެއް ނުކުރި އެވެ.
"ވީ ނީޑް ޓު ސްޓޮޕް ޕްރިންސެސް..!" ލަސްލަހުން އަހަރެން ބުނީމެވެ.
ކަންފަތާއި ދިމާއިން ތިރިވެ، ކޮނޑުކަށިގަނޑުގައި ކި* ކޮށްލީމެވެ. ރިދީގެ ލޯ ހުޅުވާލީ އެވަގުތު އެވެ. ލޯތްބާއެކު އަހަރެންގެ އަތުގެ އިނގިލިތަކުގެ ތެރެއަށް ރިދީގެ އިނގިލިތައް މަހައިލި އެވެ.
"އައި ޓްރަސްޓް ޔޫ އީތަން..!" އަހަރެންގެ ލޮލަށް ބަލަމުން، ޔަގީންކަމާއެކު އަހަރެންގެ ރިދީ ބުނެލި އެވެ. ހިތަށް އެރީ އެންމެ އެއްޗެކެވެ. މި އަގުހުރި ޖަވާހިރު ހާސިލްކުރެވުމަށްޓަކައި މި ދުނިޔޭގައި އަހަންނަށް ކުރެވުނު އެންމެ ހެޔޮކަމަކީ ކޮބައިބާ އެވެ؟ ޔަގީނެވެ. ކޮންމެވެސް އަގުހުރި ކަމެއް ﷲގެ ރަހްމަތްފުޅާއެކު ކުރެވިއްޖެ އެވެ.
"އެކަމަކު.. ޕްރިންސެސް، އަހަރެންގެ އަމިއްލަ ނަފުސަށް އަހަރެންގެ ކުޑަވެސް އިތުބާރެއް ނެތް.. ރިދީއާއި ގުޅުން ހުރި ކަންކަމުގައި އަހަރެންގެ އަމިއްލަ އިހްތިޔާރެއް ނޯވޭ..!" ހިނިތުންވަމުން އަހަރެން ބުނީމެވެ.
އަހަރެންގެ ހުދު ގަމީސް ރިދީ ލެއްވީމެވެ. ރިދީގެ ނިއްކުރީގައި ކިސްކޮށްލުމަށްފަހު، އެނދުން ތެދުވީމެވެ. ފަސް ބެލުމެއްނެތި އަހަރެން ނިކުތީ ރިދީގެ ހިތްގައިމު ބެލްކަންޏަށެވެ. އަހަރެންގެ މި ހަރަކާތް ގަބޫލުނުކުރެވިގެން، ރިދީގެ ނިއްކުރިއަށް ރޫއަރުވާލާފައި ވާނުވާ ވިސްނާލަން ވަގުތު ނެގިކަން އެގެއެވެ. އަހަރެންގެ އަމިއްލަ ހަރަކާތްތަކާއިމެދުގައި ގޮތް ނިންމަން އަހަންނަށް އުނދޫވި ހިނދު، ރިދީގެ ހާލަކީ ކޮބައިކަން އަންދާޒާކޮށްލާންވެސް ނޭގެ އެވެ.
ރިދީގެ ބެލްކަނީގައި ހައްދާފައިހުރި 'ބްލޫބެލް' މާގަސްތަކުގެ ކައިރީގައި އަހަރެން އިށީނީމެވެ. ދަތުރުކުރާން ބޭނުން ނުވާ މަންޒިލާހަމައަށް ދެވުމުންވެސް، ކޮންޓްރޯލް ގެއްލި، މިސްރާބު ބަދަލުނުކުރެވުނީތީ އަހަރެންގެ އަމިއްލަ ނަފުސު ކުށްވެރިކުރަމެވެ.
ދާދިގާތުން ހިލަމެއްވުމުން ބަލައިލީމެވެ. އަހަރެންނާއި ޖެހިގެން އިން ގޮނޑި ގާތްކޮށްލުމަށްފަހު ރިދީ އިށީނެވެ. ބޮލުގެ އިސްތަށިގަނޑު އޮތީ ހޭވިފަ އެވެ. ކަކުލުން ދެ އިންޗިއެއްހާ މައްޗަށްހުރި އަހަރެންގެ ތުނި ހުދު ގަމީހާއި، ޑެނިމް ޝޯޓެއްގައި ރިދީގެ ރީތިކަމާއި ހިތްގައިމުކަމަށް ތައުރީފުކުރާނެ ލަފްޒެއް ދުލަކަށް ނައި އެވެ. (ނުނިމޭ)