
ރައީސް މިހެން ވިދާޅުވީ "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސް ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކޮވިޑްގެ ދުވަސްވަރު ބޭނުންކުރި އޮރެންޖު ހިޔާއަށް ތެލެސީމިޔާ ސެންޓަރު މަސައްކަތް ކުރުމުގެ މަސައްކަތް އެމަނިކުފާނު ގޮސް ބެއްލެވިއިރު ވަނީ ދެބައި ކުޅަ އެއްބައިވެސް ނުނިމި ކަމަށެވެ. އެހެންކަމުން އެތަނަށް ތެލެސީމިޔާ ސެންޓަރު ބަދަލުކުރުމަކީ ގައުމީ މަސައްކަތެއްގެ ގޮތުގައި ކަނޑައަޅާ އެކަން ސިފައިނާއި ހަވާލުކޮށްފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތެލެސީމިޔާ ސެންތަރުގެ މަސައްކަތް ސިފައިން މިމަހުގެ 28 ގައި ފަށާނެކަމަށެވެ. އަދި ސިފައިން އެ މަސައްކަތް ކުރާނީ ގައުމީ މަސައްކަތެއްގެ ގޮތުގައިކަމަށާއި އޭޕްރިމް މަސް ނިމެންވާއިރަށް އެ މަސައްކަތް ނިންމުމަށް ދަންނަވާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުޅުމާލޭ އޮރެންޖު ހިޔާއަށް ތެލެސީމިޔާ ސެންޓަރު ބަދަލުކުރާއިރު އަތަނަށް ހާއްސަ ބަސް ސްޓޮޕެއް ހުންނާނެކަމަށާއި އެކަން އެގޮތަށް ކަނޑައަޅަން އެމްޓީސީސީއަށް އަންގަވާފައިވާނެކަމަށެވެ. އަދި އެތަން ހުޅުވޭއިރު މިކަން ހަމަޖެހިދާއިރު ބަހުގައި ދަތުރުކުރާ ތެލެސީމިޔާ ކުއްޖާއާއި އޭނާގެ ބެލެނެިވެރިޔާއަށް ބަހުގައި ހިލޭ ދަތުރުކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.