ads
ސިއްރު - 57 ވަނަ ބައި
އެޕިސޯޑް 57
Advertisement

އިއްޔެގެ އަދަދު

ކާއިނާތުގެ ތެރެއިން ބިމަށް ފައިބާހުރި ޕަރީއެއް ފަދަ ރީތި ކަމެކެވެ. ބަލައިލި ކޮންމެ ފަހަރަކު އެތައް ގުނައެއް އަހަރެންގެ ލޯބި ދިޔައީ އިންތިހާއަށް އިތުރުވަމުންނެވެ.

"އީތަން..!" މަޑުމަޑުން ގޮވައިލުމަށްފަހު، އަހަރެންގެ އަތުގައި ހިފާލާފައި ގެނެސް ރިދީގެ ކުޑަކުޑަ އަތުގެތެރޭގައި ބޮނޑިކޮށްލި އެވެ. ނަމަވެސް ރިދީގެ ލޮލަށް ބަލާލާނެ ހިތްވަރެއް ނެތުމުން އަހަރެން އިސްޖަހައިގެން އިނީ އެވެ. ރިދީގެ ލޮލަށް ބަލައިފިނަމަ މިވަގުތު ވާނެ ގޮތް އަހަންނަށް އެގެ އެވެ.

"ޕްލީޒް، ލުކް އެޓް މީ އީތަން..!" މަޑުމަޑު އަތުން އަހަރެންގެ މޫނުގެ އެއްފަރާތުގައި ފިރުމާލަމުން ރިދީ ބުނެލީ ވަރަށް ލޯބިންނެވެ. 

"އައެމް ސޮރީ ރިދީ..! އައި.. އައި.. ޑޯންޓް ނޯ.. ހައު އައި.. ލޮސްޓް ކޮންޓްރޯލް، އެއީ.. އަހަރެން ގަސްތުގައި ކުރިކަމ....!" އަހަރެންގެ ޖުމުލަ ފުރިހަމަކުރުމަށް ރިދީ ފުރުސަތެއް ނުދިނެވެ. 

އަހަރެންގެ ތުންފަތުގައި ރިދީގެ އިނގިލިން ހުރަސްކޮށް، އިތުރަށް ވާހަކަދެއްކުން މަނާކުރި އެވެ. އަހަރެން ހަމައެކަނި ބޭނުމީ އަހަރެންގެ ހަގީގީ ތެދުވެރި ލޯބި ރިދީއަށް އިހްސާސްކޮށްދިނުމެވެ. ނަމަވެސް ވަގުތާއި ހާލަތުގެ ޖަޒްބާތުގައި އަހަރުމެން ގޮސް މުޑިއެރީ ނުބައި އައްސޭރިއަކަށެވެ. ހުރިހައި ކަމެއް ހަރާބުވީ އަހަރެންގެ ސަބަބުންނެވެ. އަހަރެންގެ ހިއްސުތަކުގައި ތަޅުއެޅުވުމުގައި އަހަރެން ފެއިލްވީ އެވެ. ދުނިޔޭގައި އަހަރެން ހާސިލްކުރާން ބޭނުންވި އެހެން ހުރިހައި ކަމެއް ހަރާބުވި ފަދައިން، ރިދީއާއި އަހަރެންގެ ގުޅުނންވެސް ސުންނާފަތި ވީ އެވެ. އަހަރެންގެ ސަބަބުންނެވެ. އަހަރެންގެ ހަޔާތުގައި އައި ހަމައެކަނި ބަހާރު މޫސުމަކީ މިއީ އެވެ. ރިދީއާއި، ރިދީއާއި ގުޅުންހުރި ހުރިހައި ކަމަކާއި ހަދާންތަކަކީ އަހަރެންގެ ހަޔާތުގެ ހަމައެކަނި އުފާވެރިކަމެވެ. އަހަރެންގެ މިރޭގެ އަމަލުތަކުގެ ސަބަބުން ރިދީގެ އަމިއްލަ ނަފުސު ކުށްވެރިކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަދި އަހަރެންނާއެކު ރިދީ މި ހޭދަކުރި ވަގުތުތަކާއި އެ ކަންކަން ކުރެވުނީތީ ރިދީ 'ރިގްރެޓް' ކުރާކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ.

"އަހަރެން ދުވަހަކުވެސް، މި ކަމަށް ރިގްރެޓް ނުކުރާނަން އީތަން!" އަހަރެންގެ މޫނުގެ ދެފަރާތުން ހިފަހައްޓާލާފައި އަހަރެންގެ ލޮލަށް ބަލަމުން ރިދީ ބުންޏެވެ. 

ހިފަހައްޓައިގެން އިނދެވުނު ނޭވާ ދޫކޮށްލެވުނީ ވަރަށް އުނދަގުލުންނެވެ. އިށީންދެ އިން ގޮނޑިން ރިދީ އުފުލާލާފައި އަހަރެންގެ އުނގުގެ އެއް ފަރާތަކަށް ވާގޮތަށް ބައިންދާލީމެވެ. އަދި އަހަރެންގެ މޭގައި ބޯއަޅައިލުމަށް އެހީތެރިވެދިނީމެވެ. އަހަރެންގެ އެއް އަތް އުފުލާލާފައި ގެނެސް ރިދީގެ އުނަގަނޑާއި ދިމާއިން ފުރަގަހަށް ލައްވާލުމަށްފަހު، އަނެއް އަތް ޖޯޑްކޮށްލި އެވެ.

"އީތަންގެ ހާޓްބީޓްއަކީ އަހަރެންގެ އެންމެ މަގްބޫލް މިއުޒިކް..! ހިމޭންކަމާއެކު ހަނދުގެ ހިތްގައިމުކަމުގައި އަހަރެންގެ އެކަނިވެރި ވަގުތުތައް ގުނާއިރު، އަހަރެންގެ ހަމައެކަނި ބައިވެރިޔަކީ މި އަޑު..!" އަހަރެންގެ ހިތާއި ދިމާއަށް އިޝާރާތްކޮށްފައި ރިދދީ ބުންޏެވެ.

އަހަރެންގެ އަތުގައި ތަފާތު ބައްޓަމަށް ކުރެހުންތައް ހަދަމުން ރިދީ ދިޔައީ ހިމޭންކަމާއެކު އެވެ. ހިޔާލަކަށް ގެއްލިފައި އޮތް ރިދީގެ ނިއްކުރީގައި އަހަރެން ކިސްކޮށްލީމެވެ. ހަމަ އެވަގުތު ލޯބި ހިނިތުންވުމަކާއެކު ރިދީ ބަލައިލި އެވެ. އެ ލޯބި ހިނިތުންވުމަށް ހިތް އެދޭތާ ހާދައި ދުވަހެއް ވެއްޖެ އެވެ. ރިދީގެ ހީލުމުގެ ހިތްގައިމު އަޑަކީ އަހަރެންގެ އެންމެ މަގުބޫލް މިއުޒިކެވެ. 

"ރިދީ..؟' އަހަރެން ގޮވާލީމެވެ.

"ހޫމް...." އާފުރެލަމުން ޖަވާބުދިނެވެ. 

ކުޑަކުޑަ ބޭބީއެއްހައި ލޯބި ލޯބި ރިދީ އަހަރެންގެ އުނގުގައި ބޮނޑިވެލާފައި އޮތެވެ. އަހަރެންގެ އުމުރު ހުސްވަންދެން މި މަންޒަރަށް ބަލަން އިންނާން ޖެހުނަސް، ދުވަހަކުވެސް ފޫހި ނުވާނެ އެވެ.

"އަހަރެންގެ ހިތް ބިރުގަންނަނީ..! ހިތަށް އަރަނީ އަނެއްކާވެސް އަހަރެން ދޫކޮށްލާފައި ރިދީ ހިނގައިދާނެޔޭ...!" ކުޑަކުއްޖެއް ފަދައިން  އަހަރެންގެ ހިތުގައި އޮތްގޮތަށް ބުނީމެވެ.

މި ދުނިޔޭގައި އެހެން އެއްވެސް ކަމަކާއިމެދުގައި އަހަރެން ބިރެއް ނުގަނެ އެވެ. ރިދީ އަހަރެން ދޫކޮށް ހިގައްޖެނަމަ، މި ދުނިޔޭގައި އަހަންނަށް ރައްކާތެރިކަމެއް ނުލިބޭނެ އެވެ. ދިރިހުންނާނެ ހިތްވަރުވެސް ނުލިބޭނެ އެވެ. އަހަރެންގެ އަނދިރި ހަޔާތުގައި ކޮޓަރީގެ ކަނެއްގައި ބިއްޖެހިފައި އިނުން ފިޔަވައި އެހެން އެއްވެސް ދިރުމެއް އަހަރެންގެ ހަޔާތުގައި ނޯންނާނެ އެވެ. މުއްސަނދިކަމާއި ފައިސާއަކީ އަހަރެންގެ ވާރުތަ މުދަލެވެ. އެކަން ކުރާ މުވައްޒަފުން އަހަރެން، ބެލެހެއްޓުމަކީ މުޅިން އެހެން ކަމެކެވެ. އެކަމަކު ދިރިހުރުމަށް އަހަރެން ނޭވާލުމަކީ އަހަރެންގެ އަމިއްލަ އިހްތިޔާރެވެ. ކުރީގެ އަނދިރި ހަޔާތެއް އަހަރެން ބޭނުމެއް ނޫނެވެ. 

"އީތަން..!" އަހަރެންގެ އުނގުގައި އޮވެ، މޫނުގެ ދެފަރާތުގައި ހިފަހަށްޓާލާފައި ހަތަރުކަޅި ހަމަކުރި އެވެ.

"އަހަރެން ކިހިނެއް އީތަން ދޫކޮށްލާފައި ދާނީ؟ އީތަން ނެތް ދުނިޔެއެއްގައި އަހަރެން ކިހިނެއް ދިރިހުންނާނީ..؟ އަހަރެންގެ ނޭވާއަކީވެސް އީތަންގެ ހައްގެއް..! އެ ހައްގު އަހަރެންގެ އަތުގައި ނެތިސް، އަހަރެން ކިހިނެއް މި ދުނިޔޭގެ ބޭއިންސާފަށް ކެތްކުރާނީ..؟ ދެ ފަހަރު އެއް ކުށެށް ތަކުރާރުކޮށްފިން..! އަހަރެންގެ ހާލަތަށް ހެކިވާނީ އަހަރެންގެ ހިތާއި، އަހަރެންގެ ނަފުސު..! ހަމަބުއްދީގައި ހުރެ، އެފަދަ އަނިޔާއަކަށް އަހަރެން ފަސްއެނބުރި ބަލައިވެސް ނުލާނަން..! އީތަންއާއި ނުލައި އަހަންނަކަށް ނޫޅެވޭނެ..!" ދެ ލޯ ފެންކަޅިވި އިރެއް ރިދީއަށްވެސް ނޭގެ އެވެ. ދެ ލޮލުގައި އަހަރެން ކިސްކޮށްލީމެވެ. އަދި އަހަރެންގެ މެއާއިލައި ފިއްތާލީމެވެ. 

"ހަނދާއި ތަރިތަކަކީ އީތަންގެ އެންމެ ގާތް އެކުވެރިން ދޯ..! ރޭގަނޑުގެ އަނދިރިކަމުގައި އީތަންގެ ހުރިހައި ސިއްރެއް ހިއްސާކުރަނީ ހަނދާއި ތަރިތައް ހެކިކޮށް..! ނޫންތަ؟" ރިދީގެ ބުނުމާއެކު އެއްފަހަރާ ދެމީހުންނަށް ބަލައިލެވުނީ އަނދިރި އުޑުގައި ފިޔަޖަހަމުން ދިޔަ އުޖާލާ ކަމަށެވެ. 

ދުނިޔެމަތި އަލިވެ، އިރުގެ އަލިކަން ފެތުރުމަށް އެތައް ވަގުތެއް އަދި އެބައޮތެވެ. ފިޔަޖަހަމުންދިޔަ ތަރިތަކުގެ ތެރޭގައި އަހަރުމެންގެ ނަސީބުވަނީ ކޮން ދިމާއެއްގައިކަން ބުނެދޭކަށް ނޭގެ އެވެ. އެކަމަކު ޔަގީނެވެ. ކޮންމެ އަލިވިލުމަކީ އުއްމީދެކެވެ.

އަހަރެންގެ އުނގުގައި މިހައި ހަމަޖެހިލައިގެން ރިދީ އޮންނާނެ ދުވަހަކަށް ކުރި އިންތިޒާރު ދެނެވޮޑިގެންވާނީ މާﷲ އެވެ. އަހަރުމެން ދެމީހުންގެ ދެމެދު މިވަގުތު މި އޮތް 'ގާތް' ކަމުގެ ލިސާނެއްވެސް ރިދީއަށް ނުވާ ކަހަލަ އެވެ. އެކަކު އަނެކަކަށް ރެއަކާލުމެއް ނެތި އަހަރުމެން އެކަކުއަނެކަކާއި މިހާގާތްވެވުން މިއީ ތަގުދީރުގެ ނިޔާ އެވެ. މިއީ ހަމައެކަނި، ޖިސްމާނީ ގާތްވުމެއް ނޫނެވެ. މިފަހަރުގެ ގާތްވުމަކީ ލޯތްބާއި، އިތުބާރާއި އިހްތިރާމުގެ މަތީގައި ބިނާކުރެވޭ ބާރުގަދަ ގުޅުމެކެވެ. 

"އެހެންވީމައި، މިރޭގެ ފަހުން އަހަންނަކީ އީތަންގެ ދުނިޔެއަށް އަލިކޮށްދޭ ތަރިތަކުގެ ވިދުން.. އައި ވިލް ޝައިން ފޯ ޔޫ، އޯލްވޭސް..!" 

ކުޑަކުޑަ ބޭބީއެއްފަދައިން ހިނިތުންވެލާފައި އަހަރެންގެ ރިދީ އުފާވެރިކަން ހާމަކޮށްލި އެވެ. މިއަށްވުރެން ބޮޑު އުފަލެއް ލިބޭނެ ހެއްޔެވެ؟ އަހަރެންގެ ލޯބި، އަހަރެންގެ އުނގުގަ އެވެ. އަހަރެންގެ ދެއަތުގެ ތެރޭގައި ރައްކާތެރިކަމާއެކު އޮވެ، ލޯބިލޯބި އުއްމީދުތަކުން އަހަރެންގެ ދުނިޔެ އަލިކޮށްދެނީ އެވެ. އަހަރެންގެ ހިތް، ރިދީއަށްޓަކައި ލޯބިން ބަނޑުންވަނީ އެވެ.

ހަމަ އެވަގުތު އަނެއްކާވެސް ފިނިފިނި ވާރޭތިކިތަކުން ލަންޑަންގެ ޖައްވު އިތުރަށް ފިނިކުރަންފަށައިފި އެވެ. 

އަހަރެންގެ ލޯބިވާގެ، ނޭފަތުކުރީގައި ކިސް ކޮށްލީމެވެ. އަތްފައި ތަޅުވާލާފައި އަހަރެންގެ ކަނދުރާގައި ދެއަތް އަޅުވާލުމުން ގަޔާއިލައި ބޮނޑިކޮށްލީމެވެ. އިހްތިޔާރެއް ނެތި އަހަރެން ހީލީމެވެ. އެވަގުތު އަހަރެންގެ ތުންފަތާއި ދިމާއިން ތިރި، ދަތްދޮޅީގައި ރިދީ ކިސްކޮށްލި އެވެ. އަހަރެންގެ އަނގަހުޅުވިގެން ދިޔަ ވަގުތު ދެ ލޯވެސް ބޮޑުވި އެވެ. 

"އީތަން، ވިއްސާރަ..!" އަހަރެންގެ އަތުތެރެއިން ނިކުމެގެން ވާރޭގެ ތެރެއަށް ރިދީ ދުވެފައި ހިނގައްޖެ އެވެ.

ހީލުންފިޔަވައި ގެންނާނެ އިތުރު ހަރަކާތެއް ނުވެސް ނެތެވެ. އަހަރެންގެ ރިދީ އެހައިވެސް ލޯތްބެވެ. ރިދީއަކީ އަދިވެސް 'ކުޑަކުއްޖެކެވެ'  މައުސޫމްކަމާއި ނިޔަނެތިކަމުގެ ސާފު ތޯހިރު ނަފުސެކެވެ. އަހަރެންގެ ތަގުދީރުގައި ރިދީ ލިޔުއްވައިދެއްވުން އެދި ރެއާއި ދުވާލު ދުއާކުރަމެވެ. މި އަނިޔާވެރި ދުނިޔޭގައި ރިދީފަދަ މައުސޫމް އަންހެންކުއްޖަކަށް، އަހަރެންފަދަ މޮންސްޓަރއެއް ކޮންމެހެން ބޭނުމެވެ. ދުނިޔޭގެ ބޭއިންސާފާއި ހީލަތްތެރިކަމުން، އެންމެ ފަހު ނޭވާއާއި ހަމައަށްވެސް ރިދީ ރައްކާތެރިކަމާއެކު އަމާންކަމުގައި ނެވާލިޔަދިނުމަށެވެ.. 

އަހަންނަކީ އެއްވެސް އިރެއްގައި ފެއަރީޓޭލްސް ގަބޫލުކުރާ އަދި އެފަދަ ވާހަކަތަކަށް ޝައުގުވެރިވި މީހެއްވެސް ނޫނެވެ. އެކަމަކު ރިދީއާއި ބައްދަލުވެ، އިންތިހާ ލޯބިން މިހިތް ފުރި، ރިދީގެ، ލޯބީގެ ދުނިޔެއިން ޖާގަ ލިބުމުން ކުރީގެ ވިސްނުން ބަދަލުވީ އެވެ. ރިދީގެ ވާހަކަތަކުގައި ބުނާފަދަ ހެޕިލީ އެވަރ އާފްޓަރއެއް ނުދެވުނަސް، އަހަރެންގެ ދުނިޔެއިން ރިދީގެ އަމިއްލަ ހެޕިލީ އެވަރ އާފްޓަރއެއް ބިނާކޮށްދޭނަމެވެ. އެއީ ދުނިޔޭގެ އެންމެ ހިތްގައިމު އެންމެ ރީތި 'ސެޓް އަޕް'އަށް ނުވެދާނެ އެވެ. އެކަމަކު އެ އަށްވުރެން އުފާވެރި އެއަށްވުރެން ލޯބި އެހެން ހެޕިލީ އެވަރ އާފްޓަރއެއް ވުޖޫދުވެފައި ނުވާނެކަން ރިދީ ގަބޫލުކުރާނެ އެވެ. އެއީ ހަމައެކަނި އަހަރުމެން ދެމީހުންގެ ދުނިޔެ އެވެ. 

އަހަރުމެންގެ 'ލަވް ސްޓޯރީ' އެވެ!

"ރިދީ އިމާދު..!" އަހަރެންގެ ހަސްކީ އަޑުން ގޮވާލީމެވެ.

އަހަރެންގެ އަޑު ކަންފަތުގައި ޖެހުމާއެކު އަހަރެންނާއި ދިމާއަށް ރިދީ އެނބުރުނެވެ. އަހަރެން މިކަމަށް ތައްޔާރުކަމެއް ނުވަތަ ރިދީ މިކަމަށް ތައްޔާރުކަމެއް، ނޫނީ ނޫންކަމެއްވެސް އަހަންނަކަށް ނޭގެ އެވެ. ނުވަތަ އަހަންނަށް މިކަމަށް ތައްޔާރުވެވުނު އިރެއް އަހަންނަކަށް ނޭގެ އެވެ. އެކަމަކު މިއީ އެވަގުތެވެ! މިއީ އެ މަންޒިލެވެ! ކުރިމަތީގައި ހުރީ އަހަރެންގެ ފުރާނަ އެވެ! އެ ނޫން އެހެން އެއްވެސް އުފަލަކަށް ﷲގެ ކިބަފުޅުން އަހަރެން ނޭދެމެވެ. އަބަދަށްޓަކައި ފުރިހަމަ ސިއްހަތާއި އުފަލުގައި ރައްކާތެރިކުރައްވާށި އެވެ. އާމީން!

އަހަރެންގެ ކުރިމަތީގައި ރިދީ ފުށްޓަތްކެއް ޖަހައިލި އެވެ. އުފަލުން ފޮޅިފައިއިން ޕަރީއެއްފަދަ އެވެ. އިސްތަށިގަނޑުން ބޮޑުބައި އޮތީ ތެމިފަ އެވެ. ފިނިފިނި ވައިރޯޅިއާއެކު ބައެއް އިސްތަށިތައް ވިހުރިލާ މަންޒަރު އަހަރެންގެ ހިތު ވިންދު އަވަސްކުރުވި އެވެ. މޫނުމަތީގައިވި އިޝްގީ ހިނިތުންވުން، އިންސާނެއްގެ ހިތް ޒަހަމްކޮށްލުމަށް ތޫނު ހަންޖަރަކަށްވެސް ފުދެ އެވެ. އެސްފިޔައެއް ޖަހާލަންވެސް އަހަރެން ބޭނުމެއް ނޫނެވެ. އެންމެ ފަޅި ސިކުންތަކަށްވެސް އެ ލޯބި ހިނިތުންވުން، އަހަރެންގެ ލޮލާއި ވަކިވެދާނެތީ އެވެ.

ލަސްފިޔަވަޅުގައި އަހަރެން ހިނގަމުންދިޔައީ ސީދާ ރިދީއާއި ދިމާއަށެވެ. އަހަރެންގެ ތޫނު ބެލުމުން ރިދީގެ ގައއިން ހީބިހި ނަގާފައިވާކަން އޭނާ ދުލުން ހާމަކުރާކަށް ނުޖެހެ އެވެ. އަހަރެން ރިދީއާއި އަރާހަމަވަންދެން އޭނާގެ ފިޔަވަޅުމަތީގައި މަޑުކުރި އެވެ.

ކުރިމަތީގައި ހުއްޓި، ތަރުތީބު ގެއްލިފައިވާ އިސްތަށިތައް ރިދީގެ ކަންފަތް ކައިރިއަށް ޖަހައިލީމެވެ. ނިއްކުރީގައި ވަރަށް ލޯބިން ކިސްކޮށްލީމެވެ. ދެމީގުންގެ އަތް ޖޯޑުކޮށްލައި އަހަރެންނާއި ގާތަށް ރިދީ ގެނައީމެވެ. ފުން ނަޒަރަކުން ރިދީގެ ލޮލަށް ބަލައިލީމެވެ. އަހަރެންނަށްޓަކައި ލޯބިން ފުރިފައިވި ދެލޯ، ފިނިފިނި ވާރޭގެ ތެރޭގައިވެސް ބަބުޅާލި އެވެ. 

ފަރުވާތެރިކަމާއެކު މަޑުމަޑުން، އެއްކަކޫ މައްޗަށް  ތިރިވީމެވެ. ލިބުނު ހައިރާންކަމުގައި އަނގަމަތީގައި އަތް އަޅައި ދެތިން ފިޔަވަޅެއް ފަހަތަށް ރިދީ ޖެހެލައިފި އެވެ. 

"ރިދީ އިމާދު...!" އާންމުކޮށް އަހަރެން ވާހަކަދައްކާ ވަރަށްވުރެން ބާރަށް، ރިދީގެ ނަން ބޭނުންކުރީމެވެ.

"އީތަން..!" އަންތަރީސްވެފައި އަހަރެންގެ ނަން ރިދީއަށް ކިޔައިލެވުނީ ވައިއަޑުންނެވެ. 

ދެ ފަރާތަކަށް ބޯ ހޫރުވާލީ އަހަރެންގެ ހަރަކާތް ހުއްޓުވަންކަން ޔަގީނެވެ. އެކަމަކު  ހުށިޔާރުކަމާއެކު ރިދީގެ އަތުގައި އަހަރެން ހިފައިލީމެވެ. ދުލުން ބަސް ހުސްވެ، ރިދީގެ މޫނު ރަތްފިނިފެންމަލެއްގެ ކުލައަށް ބަދަލުވެގެން ދިޔަ އެވެ. 

"އައި- ލަވް- ޔޫ!"

އެތައް މޭލެއް ދުރަށް އަޑުއިވޭވަރަށް އަހަރެންގެ ލޯބި ފުރަތަމަފަރަށް އިއުލާންކުރީމެވެ. ރިދީގެ ދެ ލޮލުން ކަރުނަ ހިލުމަށް ސިކުންތެއްވެސް ނުނެގި އެވެ. ވެހެމުންދިޔަ ތުނިތުނި ވާރޭގެ ފިނިތިކިތަކާއެކު ކަރުނަ ވިދާލީ އެ ލޯބި މޫނަށް ޖަންބުކުލައިގެ އެތަށް ޝޭޑެއް ގެނެސްދެމުންނެވެ. 

"އުމުރަށް!" އަހަރެންގެ ލޯބީގެ އަހުދު ބާރުގަދަކޮށްދިނީމެވެ. އަހަރެންގެ ކޯތަފަތް ތެމެމުންދިޔައީ ކީއްވެކަން ބުނެދޭނީ ކޮން ދުލަކުން ހެއްޔެވެ؟

ރިދީގެ ހިނިތުންވުމުން ދުވަހަކުވެސް އޭނާގެ ލޮލާއި މޫނު ވިދާނުލާހައި އަލިގަދަ ވިދުމަކުން ބަބުޅާލި އެވެ. އއުފާވެރިކަމުގެ ކަރުނަ އެ ރީތި ދެ ލޮލުގައި ހިފެހެއްޓުމެއް ނެތެވެ. ދުވެލާފައި އައިސް މާ ދުރުން އަހަންނާއި ދިމާއަށް ފުންމާލި އެވެ. އަހަރެންގެ ދެއަތުގެ ތެރޭގައި އަހަރެންގެ ލޯބި ރައްކާކުރީމެވެ. ދުވަހަކުވެސް މިއަށްވުރެން ދުރަށް ދިއުމަށް އަހަރެންގެ ހިތެއް ނޭދޭނެ އެވެ.

"އައި ލަވް ޔޫ އީތަން، އައި ލަވް ޔޫ!" އަހަރެންގެ ލޮލަށް ބަލަމުން ރިދީގެ ލޯބި ތަކުރާރުކޮށްލި އެވެ.

ދިރިއުޅުމާއިމެދު މި ހިތުގައި އޮތް ނަފްރަތު، ލޯތްބާއި އިތުބާރާއި އިހްތިރާމުގެ ކުލައިން އަހަރެންގެ ހިތުގައި ފަވާލީ މި މާތް އަންހެން ކުއްޖާގެ ލޯތްބެވެ!

"އުމުރަށް..؟" ރިދީ ސުވާލުކޮށްލި އެވެ.

"އުމުރަށް..! އިން ޝާ ﷲ އުމުރަށް..!" އަހަރެންގެ ކަނދުރާގައި ރިދީގެ ދެއަތް އޮޅާލި އެވެ. އަދި ދެމީހުންގެ ނިއްކުރި ޖައްސާލާފައި ލޯ މަރައިލީމެވެ.

"ދުވަހަކުވެސް އަހަރުމެން ދެމީހުންދެމެދުގައި ސިއްރެއް އޮވެގެން ނުވާނެ... ނުދެކެވޭ ވާހަކައެއް، މަޝްވަރާކުރުމަށް ޖެހިލުންވާފަދަ ކަމެއް އޮވެގެން ނުވާނެ..!" އީތަން ބުންޏެވެ. 

"އިންޝާ ﷲ..." 

ރިދީގެ ވައުދާއެކު އުފާވެރި ހީލުމަކުން މަންޒަރު ބަދަލުވެ، މުޅިން އާ ދުވަހަކަށް ދުނިޔެއަށް އިރުއެރީ އެވެ. ރިދީއާއި އީތަންއަށް އުފާވެރި، ބާއްޖަވެރި ކައިވެނީގެ ގުޅުމަކަށް މަރުހަބާ އެވެ.

ލޯތްބަކީ ދައުވަތެއްނެތި ބައްދަލުކުރާ މެހެމާނެކެވެ. އިންތިހާއެއް ނެތް މިންވަރަށް ޝަރުތަކާއި ނުލައި ލޯބި ވެވިއްޖެ އެވެ. ކުރެވުނީ އެންމެ އުއްމީދެކެވެ. ދެހިތުގައި އެއް މޭރުމަކުން ލޯބި އަށަގެންނެވުމުގެ އެދުމެވެ. ލޯބީގެ އިޝްގުގައި ދެހިތުގެ ރާސްތާ އެއްމިސްރާބެއްގައި ލެހެއްޓެވުމެވެ! އާމީން! (ނިމުނީ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް