
މިއަދު މެންދުރުގެ ވަގުތެއްގައި މިޔަންމާއަށް 7.7 މެގްނިޓިއުޑާއި 6.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާއިރު، މި ބާރުގަދަ ބިންހެލުމުގެ ސަބަބުން މިޔަންމާއާއި ތައިލެންޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
ގިނަ އަދަދަކަށް ދިވެހީން ޒިޔާރަތްކުރާ ތައިލެންޑްގެ ވެރިރަށް ބެންކޮކަށް މިއަދު އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް އަނިޔާއެއް ވެފައިނުވާ ކަމަށް އެ ގައުމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީގު ވަނީ ވިދާޅުވެފައެވެ.
މިއަދު ތައިލޭންޑް އަށް އައި ބިން ހެލުމާއި ގުޅިގެން އުރީދޫއިން ވަނީ އެގައުމުގެ ތިބި ދިވެހި އާއިލާތަކަށް ހިލޭ ގުޅޭނެ އިންތިޒާމު ހަމަޖައްސާދީފައެވެ. އެގޮތުން އުރީދޫ މެދުވެރިކޮށް ތައިލޭންޑަށް ގުޅުން މިރޭ މެންދަމު 12 ޖެހުމާއި ހަމައަށް އެއްވެސް އަގެއް ނުނަގާނެކަމަށް އެ ކުންފުނިން ބުނެެއެވެ.
"މިވަގުތުގައި އާއިލާއި ރައްޓެހިންގެ ހާލު ބެލުމަށް ފަސޭހަވެގެން ދާނެކަމަށް އުއްމީދުކުރަން." އުރީދޫއިން ދިން މެސެޖުގައިވެއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި މިއަދު މިޔަންމާއަަށް އައި ބިން ހެލުން އައީ ބިންގަނޑުގެ 10 ކިލޯމީޓަރު އަޑިއަށެވެ. ބިންހެލުން އައިސްފައިވަނީ މިޔަންމާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ މަންޑަލޭގެ 17 ކިލޯމީޓަރު ބޭރަށެވވެ.
މި ބިން ހެލުމުގެ އަސަރު ތައިލޭންޑަށްކޮށް އެ ގައުމުގެ ވެސް ބައެއް އިމާރާތްތަޢް ވަނީ ބިމާއި ހަމަވެފައެވެ. އަދި ބިމާއި ހަމަވި ބައެއް އިމާރާތުގެ ދަށުގައި އަދިވެސް މީހުން ތާށިވެފައިވާކަމަށް ހަބަރުތައް ބުނެއެވެ.