ads
10 ރަށެއްގައި ސިއްހީ މަރުކަޒު އަޅަން ސަރުކާރުގެ 3 ކުންފުންޏާއި ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
10 ރަށެއްގައި ސިއްހީ ހިދުމަތްދޭ ތަންތަން ސަރުކާރުގެ 3 ކުންފުންޏަށް
10 ރަށެއްގައި ސިއްހީ މަރުކަޒު އަޅަން ސަރުކާރުގެ 3 ކުންފުންޏާއި ހަވާލުކޮށްފިއެވެ.
Advertisement

މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ރޭ ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ދެ ސްޓޭޓް މިނިސްޓަރެކެވެ. ކުންފުނިތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އާރުޑީސީގެ އިތުރުން ފެނަކަ ކޯޕަރޭޝަނާއި އެވެ. 

your image10 ރަށެއްގައި ސިއްހީ މަރުކަޒު އަޅަން ސަރުކާރުގެ 3 ކުންފުންޏާއި ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން 

އެމްޓީސީސީއާ އަޅަން ހަވާލުކުރި ރަށްތަކާއި މަސައްކަތް

ހދ.ނެއްލައިދޫ އާ ސިއްހީ މަރުކަޒު / 11،197،462.90 ރުފިޔާ 

ށ.މިލަންދޫ ހޮސްޕިޓަލުގެ އާ އިމާރާތް / 110،878،732.12 ރުފިޔާ 

ކ.ތުލުސްދޫ ހޮސްޕިޓަލުގެ އާ އިމާރާތް / 110،716،537.72 ރުފިޔާ 

 އއ. ރަސްދޫ ހޮސްޕިޓަލުގެ އާ އިމާރާތް / 185،571،402.42 ރުފިޔާ 

ގއ. ވިލިނގިލީ ހޮސްޕިޓަލުގެ އާ އިމާރާތް / 185،571،402.42 ރުފިޔާ 

your image10 ރަށެއްގައި ސިއްހީ މަރުކަޒު އަޅަން ސަރުކާރުގެ 3 ކުންފުންޏާއި ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން 

ފެނަކަ އަޅަން ހަވާލުކުރި ރަށްތަކާއި މަސައްކަތް

ބ.ކުޑަރިކިލު ސިއްހީ މަރުކަޒުގެ އާ އިމާރާތް / 7,641,116.64 ރުފިޔާ 

،ގއ.ކޮންޑޭ ސިއްހީ މަރުކަޒުގެ އާ އިމާރާތް / 6،763،307.54 ރުފިޔާ 

ގދ. ނަޑެއްލާ ސިއްހީ މަރުކަޒުގެ އާ އިމާރާތް / 6،757،395.89 ރުފިޔާ 

your image10 ރަށެއްގައި ސިއްހީ މަރުކަޒު އަޅަން ސަރުކާރުގެ 3 ކުންފުންޏާއި ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން 

އާރުޑީސީއާ އަޅަން ހަވާލުކުރި ރަށްތަކާއި މަސައްކަތް

ނ.ވެލިދޫ ހޮސްޕިޓަލްގެ އާ އިމާރާތް / 108,322,537.03 ރުފިޔާ 

އދ. ފެންފުށީ ސިއްހީ މަރުކަޒުގެ އާ އިމާރާތް / 26,839,684.82 ރުފިޔާ 

ސަރުކާރުން ހިންގާ ތަރައްޤީ މަޝްރޫއުތައް ދެމުން އަންނަނީ އެމްޓީސީސީއާ އާރުޑީސީގެ އިތުރުން ފެނަކަ ކޯޕަރޭޝަނަށެވެ. އެގޮތުން މި ތިން ކުންފުންޏަށް މީގެ ކުރިން ވަނީ ފުލުހުންގެ މަރުކަޒުތަކާއި ، ސްކޫލްތަކާއި މިސްކިތްތައް އެޅުމަށްވެސް ހަވާލުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް