
މަންދީ ގަޔަށް ކަޅުތެޔޮ ޖެހިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގއ. ދާންދޫ، ސަންލައިޓްވިލާ، އުމުރުން 20 އަހަރުގެ އަހުމަދު ރިޝްމާހް
މަންދީ ގަޔަށް ކަޅުތެޔޮ ޖެހި ޒުވާނެއް،އޭނާ ހައްޔަރުކޮށްފި
މުހައްމަދު އާދަމް އަހްމަދު
29 މާރޗް 2025 - 13:40:47
އިދިކޮޅު އެމްޑީޕީގެ އެކްޓިވްސްޓް އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމުގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގއ. ދާންދޫ، ސަންލައިޓްވިލާ، އުމުރުން 20 އަހަރުގެ އަހުމަދު ރިޝްމާހް އެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މި ޒުވާނާ ހައްޔަރުކުރީ މިމަހުގެ 27 ވަނަ ދުވަހު ކަމަށެވެ. އަދި މީނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދު ޖަހާފައިވާކަމަށް ފުލުުހުން ބުނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް