
ރާއްޖޭގައި ބައެއް ފަރާތްތަކުން މި އަހަރުގެ ފިތުރު އީދު ދުވަހަށް ވާނީ މާދަމާ ކަމަށް ބުނާތީ އެކަމާ ގުޅުވައި މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ތަރިރުހަނދާއި ގުޅިގެން ފަލަކީ އިލްމުގެ ދާއިރާގައި އިލްމީ ބަހުސްކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް މިކަން އެކަން ވާނީ އާންމު މަސްލަހަތަށް އަސަރު ނުކުރާ ގޮތަށް ކަމަށެވެ.
- އިތުރަށް ކިޔާލަން: އީދުގެ ހަނދުގެ ކަންތަކުގައި ހަސަންގެ ފާޑުކިޔުން މައުމޫންގެ ވާހަކަތަކަށް
މިނިސްޓަރު ވިދާޅުވީ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން، ޝަރުއީ ހަމަތަކާއި ރާއްޖޭގައި އަމަލުކުރުމަށް ކަނޑައެޅިފައިވާ ހަރުދަނާ އުސޫލުތަކުގެ މަތިން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށެވެ.
ހަނދު ސާބިތު ކުރުމަށް އިސްލާމިކް މިނިސްޓްރީން ބާއްވާ ބައްދަލުވުން މިރޭ އޮންނާނެ އެވެ. އެ ބައްދަލުވުމުގައި ރާއްޖެއަށް ފިތުރު އީދު ވާނެ ދުވަސް ރަސްމީކޮށް ކަނޑައަޅައި އިއުލާންކުރާނެ އެވެ.