
މާރާމާރީއެއްގެ މައްސަލައިގައި ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި މީހަކު ގާޒީ އިހްސާން، އެއްވެސް ޝަރުތަކާ ނުލައި މިއަދު ދޫކޮށްލިއިރު، ބަންދު އަމުރު ރިޕޯޓުގައި ގާޒީވަނީ ދައުލަތުގެ ބޭނުމަކީ، އެ މީހާގެ މައްޗަށް އަންނަ އަދަބުގެ ހަމަވުމުން މިނާ ދޫކޮށްލުން ކަމުގައިވާނަމަ އެއީ ވަރަށް ބޭއިންސާފު ވިސްނުމެއް ކަމަށް ވިދާޅުވެފައެވެ.
"ދައުލަތުގެ ބޭނުމަކީ، މިނާގެ މައްޗަށް އަންނަ އަދަބުގެ މުއްދަތު ހަމަވުމުން މިނާ ދޫކޮށްލުން ކަމުގައިވާނަމަ މި ވަރަށް ބޭއިންސާފު ވިސްނުމެއް. މިމައްސަލައިގެ މިހާރުވެސް ގާތްގަނޑަކަށް ދެ މަސްދުވަހު މިނާ ބަންދުގައި ހޭދަކޮށްފައިވާއިރު، މި ދައުވާގެ އިބްތިދާއި އަޑުއެހުމުގައި މި ކުށަށް މީނާ އިއުތިރާފްވާ ހާލަތުގައި މިނާގެ މައްޗަށް ކަނޑައެޅޭނި އެއް މަހާއި ހަތަރު ދުވަހުގެ ޖަލު ހުކުމެއް. މީނާ، އިތުރަށް ބަންދުގައި ބަހައްޓައިފިނަމަ މިނާގެ ބަންދު އާބިޒްރަރިވާނެތި ބަންދުން ދޫކޮށްލުމަށް ނިންމާފައި"
ގާޒީ އިހްސާން، މިއަދު ދޫކޮށްލާފައިވާ މީހާއަކީ، އުމުރުން 29 އަހަރުގެ މީހެކެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރާ ތުހުމަތަކީ މާރާމާރީގެ ތުހުމަތެވެ.