
މި މަހުގެ ކުރީކޮޅު، ގެއްލިގެން ހޯދަން ފޮޓޯއާއެކު އިއުލާން ކުރި މީހަކީ، ނ. މަނަދޫ، ރީޙުއްޞަބާ، ޢަބްދުالله ޝިހާދު، 37 އަހަރު، އެވެ.
ފުލުހުން ބުނީ، 2025 މާރިޗު 08 ވަނަ ދުވަހުގެ 16:51 އިން ފެށިގެން އޭނާގެ ޚަބަރެއް އާއިލާއަށް ގެއްލިފައިވާ ކަމަށް 2025 މާރިޗު 10 ވަނަ ދުވަހުގެ 20:05 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ. ޝިހާދު ދިރިއުޅެނީ މާލޭގައިކަމަށާއި އޭނާގެ ފޯނަށްވެސް ނުގުޅޭ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ބުނެފައިވެ އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުތާތަކެތީގެ މައްސަލައެއްގައެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް މިއަދު ހާޒިރު ކުރުމުން، 10 ދުވަހު އޭނާ ބަންދުކޮށްފައި ބެހެއްޓުމަށްވަނީ އަމުރުކޮށްފަ އެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ޖިނާއީ ބޮޑު ކުށެއް ކަމަށްވާ، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ވިޔަފާރި ކުރުން ކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެ އެވެ.