
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި ކުރިއަށް ގެންދިޔަ "ފަޔަރ ޕްރިވެންޝަން ވީކް 2025" ގެ ހަރަކާތްތުގެ ތެރެއިން
ހުޅުމާލޭ ރެސްޓޯރެންޓްގެ ބަދިގޭގައި އަލިފާން ރޯވެއްޖެ
ގުފްތަގް އަޖީރު
29 މާރޗް 2025 - 19:40:15
ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ރެސްޓޯރެންޓެއްގެ ބަދިގޭގައި އަލިފާން ރޯވެގެން ދުން އަރަން ފެށުމާ ގުޅިގެން އެމްއެންޑީއެފް އެހީތެރިކަން ފޯރުކޮށްދީ އަލިފާން ނިއްވާލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ނިރޮޅުމަގު 14ގައި ހުންނަ "ޝަވަރުމާޝީ" ރެސްޓޯރެންޓްގައެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި، ދެ ބުރިއަށް ހުންނަ އެ އިމާރާތުގައި ހިންގަމުން އަންނަނީ "ޝަވަރުމާޝީ" ރެސްޓޯރެންޓް އެކަންޏެވެ. އަލިފާން ރޯވެފައިވަނީ ރެސްޓޯރެންޓްގެ ބަދިގޭގައި ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު ޓީމުން ވަނީ މިހާރު އަލިފާން ވަނީ މުޅިން ނިއްވާލާފައެވެ. މި ހާދިސާއާ ގުޅިގެން އިތުރު ތަފުސީލެއް މިވަގުތު ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވޭތޯ އަދި ގެއްލުން ލިބިފައިވަނީ ކިހާ މިންވަރަކަށްތޯ ވެސް އަދި ސާފުވެފައެއް ނުވެއެވެ. އަދި އަލިފާން ރޯވި ސަބަބާ ގުޅޭގޮތުން ވެސް މިވަގުތު އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް