ads
ހަނދު ސާބިތުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ރާއްޖެއަށް ހަނދު ނުފެނުނަސް، މާދަމާ ރާއްޖެއަށް އީދުކަމަށް ނިންމައިފި
ރާއްޖެއަށް ހަނދު ނުފެނުނަސް، މާދަމާ އަކީ މިއަހަރުގެ ފިތުރު އީދު ދުވަސްކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ މިނިސްޓާރު ކަނޑައަޅައިފިއެވެ.
Advertisement

އީދު ދުވަހުގެ ހަނދާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޮއިކުރައްވާ ނެރުނު ބަޔާނުގައި ވިދާޅުވީ މިރޭ އިރު އޮއްސުމުގެ ފަހުން ޝައްވާލު މަހުގެ ރާއްޖޭގެ އެއްވެސް ރަށަކަށް  ފެނިފައި ނުވާކަމަށެވެ. އެހެންނަމަވެސް ބައެއް އިސްލާމު ގައުމުތަކަށް ހަނދު ސާބިތުވެއްޖެކަމުގެ ހަބަރު ލިބިފައިވާކަމަށް ހަނދުގެ ބަޔާނުގައިވެއެވެ. 

" އިސްލާމީ ބައެއް ގައުމުތަކަށް 1446 ވަނަ އަހަރު ޝައްވާލު މަހުގެ ސާބިތުވެއްޖެކަމުގެ ހަބަރު ރަސްމީ ގޮތުން ލިބިފައިވާތީ ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ދިވެހި ރާއްޖޭގައި އަމަލުކުރަން ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން މީލާދީ ސަނަތުން 2025 ވަނަ އަހަރުގެ މި ހިނާ މާރިޗުމަހުގެ 30 ވާ އާދިއްތަ ދުވަހަކީ 1446 ވަނަ އަހަރުގެ ފިތުރު އީދު ދުވަސްކަމުގައި ކަނޑައަޅައިފީން." އިސްލާމިކް މިނިސްޓަރު ޝަހީމް ސޮއިކުރައްވާ އިއްވި ހަނދުގެ ބަޔާނުގައިވެއެވެ.

އިސްލާމީ ގައުމަތަކުގެ ތެރެއިން ހަނދު ފެނުނުކަމަށް ކަނޑައެޅި ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ ހިމެނެއެވެ. އެގައުމުން ވަނީ މީގެ ބައިގަޑިއިރެއްހާއިރު ކުރިން އެ ގައުމަށް ހަނދު ފެނުނުކަން އިއުލާންކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް