
މި އޮފާގެ ދަށުން، ދިރާގު ކަސްޓަމަރުންނަށް އީދު ހަދިޔާގެ ގޮތުގައި އާއިލާ ނުވަތަ ރައްޓެހިންގެ ތެރެއިން ފަސް މީހަކަށް 12 މަސްދުވަހުގެ މުއްދަތައް 1ޖީބީ ޑޭޓާ ކޮންމެ މަހަކު ހިލޭ ލިބޭ ގޮތަށް ފޮނުވާލެވޭނެ އެވެ.
ކޮންމެ މަހަކު ލިބޭ 1ޖީބީ ޑޭޓާ ފަސް ދުވަހަށް ބޭނުންކުރެވޭނެ އެވެ.
ދިރާގު ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކޮންމެ ކަސްޓަމަރަކަށް ވެސް މާދަމާ އިން ފެށިގެން 7 އޭޕްރީލްގެ ނިޔަލަށް މި އޮފާގެ ދަށުން ދިރާގުއެޕް މެދުވެރިކޮށް އީދު ހަދިޔާ ފޮނުވޭނެ އެވެ. ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، އީދުގެ އުފާވެރި މުނާސަބަތުގައި ތައާރަފުކުރި އެ އޮފާ މެދުވެރިކޮށް ދިރާގުގެ ކަސްޓަމަރުންގެ އާއިލާއާއި ރަހުމަތްތެރިންގެ މެދުގައިވާ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.
ދިރާގު ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކޮންމެ ކަސްޓަމަރަކަށް ވެސް، ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް މާދަމާއިން ފެށިގެން އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އެ އޮފާގެ ދަށުން އީދު ހަދިޔާ ފޮނުވޭނެ އެވެ. ދިރާގުއެޕް މެދުވެރިކޮށް ފޮނުވޭ އެ ހަދިޔާއިން، ކޮންމެ މަހަކު ލިބޭ 1ޖީބީ ޑޭޓާ 5 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެއެވެ.
އެކި މުނާސަބަތުތަކަށް ހާއްސަކޮށްގެން ކަސްޓަމަރުން އެކަކު އަނެކަކާ ގުޅުވައިދީ، އެއްބައިވަންތަކަން އިތުރުކުރުމަށް އެހީތެރިވުމުގެ ގޮތުން ދިރާގުން ދަނީ ތަފާތު ޕްރޮމޯޝަންތައް ހިންގައި އަގުހުރި އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންނެވެ.