މިކަން ހިނގާފައިވަނީ އަޒީޒާ މިސްކިތުގައިކަމަށް ސީއެންއެމްއާއި ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މިސްކިތުގައި އީދު ނަމާދު ކުރި ބޭރު މީހާ ވަނީ އަރަބި ބަހުން، ހުތުބާ ވެސް ދީފައެވެ.
އެ މިސްކިތަށް އިމާމަކު ހާޒިރުނުވީ ކީއްވެކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް މާލެ ސަރަހައްދުގެ ޖުމްލަ 27 ތަނެއްގައި އީދު ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް މިނިސްޓްރީން ވަނީ ރޯދަ މަސް ތެރޭގައި އިއުލާނުކޮށްފައެވެ. މީގެ ތެރޭގައި މާލޭގެ އެކި މިސްކިތްތަކާއި، ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތައް ހިމެނެއެވެ.
މީގެ އިތުުރުން، ފިތުރު އީދު ނަމާދު މިއަހަރު މާލޭގެ 4 ސަރަޙައްދެއްގައި ބޮޑު ޖަމާއަތުގައިކޮށްފައިވެއެވެ.