ads
މާލެ މަތިން ނަގާފައިން ފޮޓޯއެއް
މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ
މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކަލް ކޮމްޕެނީ (ސްޓެލްކޯ) ބުނެފިއެވެ.
Advertisement

އެ ކުންފުނިން ބުނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެހެންކަމުން މިއަދި މެންދުރު ފަހު 14:00 އާއި 16:00 އާ ދެމެދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ސެޓެލްކޯއިން ބުނެއެވެ. 

އެ ކުންފުނިން ބުނީ ކަރަންޓް ކެނޑޭނެކަމަށް ބެެލެވެނީ މާލެ ސިޓީ، ޢިއްޒުއްދީން މަގު، ސަބްދެލި މަގު އަދި މަޖީދީ މަގު ހިމެނޭ ސަރަޙައްދުންކަމަށެވެ. 

ސްޓެލްކޯއިން އަންނަނީ މާލޭ ސަރަހައްދުގެ ކަރަންޓް ވިއުގައިި ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިއަހަރުގެ ޕީކް ދުވަސްވަރަށް ތައްޔާރުވުމަށާއި، ގްރޭޓާ މާލޭ ޕަވާ ބެކަޕްގެ ގޮތުގައި ސްޓެލްކޯ ހުޅުމާލެ އެނެކްސް 2 އިންޖީނުގެއެއް ވަނީ ހުޅުވާފައެވެ. ހުޅުމާލޭ އިންޖީނުގެ އެނެކްސް 2 ގައި 1.6 މެގަވޮޓްގެ ޖުމްލަ 12 ޖަނަރޭޓަރު ސެޓް ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް