
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ހިފެހެއްޓި ބޯޓުން 10 މީހުން ހައްޔަރު ކުރިއެވެ. އެ 10 މީހުންގެ ތެރޭގައި ހިމެނެނީ އިންޑިޔާ މީހުންނާއި އިންޑޮނީޝިއާ މީހުންނެވެ. މީގެ ތެރެއިން ފަސް މީހެއްގެ ބަންދު މުއްދަތު މިދިޔަ ހަފްތާގައި އިތުރުކޮށްފައިވާއިރު، އަނެއް ފަސް މީހުންގެ ބަންދު މުއްދަތު އިއްޔެވަނީ އިތުރުކޮށްފައެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި 10 މީހުން ހައްޔަރުކޮށް ބޭރުގެ ބޯޓެއް ހިފަހައްޓާފައިވާއިރު އެއީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ ކުށެއް ކަމަށް ތަހުގީގަށްވަނީ ފާހަގަ ކުރެވިފައެވެ. އެކަމަކު، އޭގެ ތެރެއިން ގިނަ މީހުން ބަންދު މުއްދަތު މަޖިލީހުގައި ބުނެފައިވަނީ މަސްތުވާތަކެތި ބޯޓުގައި ހުރިކަން ނޭގޭ ކަމަށެވެ.
މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން
ނަސްވަން އާދިލް (30އ)
އެޑްރިއަންސަޔާ (25އ)
މުޙައްމަދު އިޤްބާލް މަކްރޫމް (30އ)
ޕްރަބާކަރަން ނަގަރާޖަން (35އ)
ރޯމަންސް ސަންތިޔާ ފެނާންޑޯ (58އ)
ގަނޭޝް ބޮމްމާލީ (22އ)
ޑަތުކިލޭ ދަރްޝަން ވިޖޭ (22އ)
ޕީޓާ ވިނީ (28އ)
ސަރަން ޕަދްމަން (28އ)
ގޯސިކް ރާޖް ޖޭމްސް ނޮކްސް (30އ)
ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު 10 މީހުން ހައްޔަރުކޮށްފައިވަނީ މާރިޗު މަހު އެވެ. ފުލުހުން ބުނި ގޮތުގައި އެމީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާޗް މަހުގެ 21 ވަނަ ދުވަހު ދަންވަރު ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުން ބޯޓެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު އެވެ. މި އޮޕަރޭޝަންގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.