ads
ފުލުހުން ބަޔަކު ހައްޔަރުކުރަނީ: ފޮޓޯ ސަން
ކޯރާޑިއަކުން ހަމަލާދޭން އުޅުނު ދުވަސްވީ މީހަކު ހައްޔަރުކޮށްފި
ވަޅިއަކާ ކޯރާޑިއަކުން މީހަކަށް ހަމަލާދޭން އުޅުނު އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފިއެވެ.
Advertisement

ވަޅިއަކާ ކޯރާޑިއަކާއި ކަށިގަނޑަކުން މީހަކަށް ހަމަލާދޭން މަސައްކަތްކޮށްފައިވަނީ، މއ. ކޫލްއައިސިސް އަހްމަދު ރަޝީދުއެވެ. އޭނާގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާގެ އުމުރަކީ 61 އަހަރެވެ.

އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށްވަނީ ކޯޓުން އަމުރުކޮށްފައެވެ. މި މައްސަލައިގައި އަހްމަދު ރަޝީދުއާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ލިބިފައިވާ ކަމަށް ބަންދު އަމުރު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ކޯޓަށް ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި، ހާދިސާގެ ރިޕޯޓާއި، ހެއްކެއްގެ ބަޔާނުގައި އަހްމަދު ރަޝީދު ތޫނު އެއްޗެއް ބޭނުންކޮށްގެން ބިރު ދައްކައި، މީހަކަށް ހަމަލާދިނުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.

އަހްމަދު ރަޝީދު ބަންދުން ދޫކޮށްލައިފިނަމަ، މީހެއްގެ ހަށިގަނޑަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށާއި، އަދި އަހްމަދު ރަޝީދު ފިލާފާނެ ކަމުގެ އިހުތިމާލު އޮތްކަމަށްވެސް ބަންދު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް