
ސީއެސްސީގެ މެމްބަރުކަމަށް މުޖުތާޒު އައްޔަންކޮށްދިނުމަށް އެދިވަޑައިގެން އޭނާގެ ނަން ރައީސް ވަނީ ރައްޔިތުން މަޖިލިހަށް ފޮނުއްވާފައެވެ. މަޖިލީހުގެ ރިޔާސަތުން ވަނީ މުހައްމަދު މުޖްތާޒު ނަން ދިރާސާކުރުމަށް މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށް ފޮނުވާފައެވެ.
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުކަމަށް މެމްބަރަކު އައްޔަންކުރަން މަޖިލިހަށް ފޮނުވާފައި މި ވަނީ އެ ކޮމިޝަންގެ ނައިބު ރައީސްކަމުގައި ހުންނެވި އިބްރާހިމް ރަޝީދު މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ މަގާމުން އިސްތިއުފާދެއްވީ މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުން މަޖިލިހުން ފެށުމުންނެވެ.
އިބްރާހިމް ރަޝީދު ގެ މައްޗަށް ތުހުމަތު ކުރީ ރެކްރޫމަންޓުގައި ހުރި ބައެއް މައްސަލަތަކާ ގުޅިގެން ސީއެސްސީގެ ބައެއް މުވައްޒަފުންގެ ޝަކުވާ އާއި އިދިކޮޅު އެމްޑީޕީގެ ބޮޑުންނާއި މެންބަރުންނާ މާ ގާތްގުޅުމެއް ބޭއްވުންކަމަށެވެ.
ސީއެސްސީއަށް އަށް އައްޔަންކުރަން ރައީސް އެދިވަޑައިގެންނެވި މުހައްމަދު މުޖްތާޒު ވަނީ ކުރިން ރައީސް ޔާމިންގެ ވެރިކަމުގައި މިނިސްޓާ އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމު ފުރުއްވާފައެވެ. އަދި 17 ވަނަ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރުކަންވެސް މުޖްތާޒު ވަނީ ކުރައްވާފައެވެ.