
މިދިޔަ އަހަރުގެ ދިރާސީ އަހަރު ނިންމާ ސްކޫލްތަކުގެ ދަރިވަރުން ބޮޑު ޗުއްޓީއަށް ދިޔައީ މިއަހަރުގެ ފެބްރުއަރީ މަހުގެ 27 ގައެވެ. ރޯދަމަހާއި އެކު ގާތްގަޑަކަށް 40 ދުވަހަށް ފަހު މިއަދު ވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކިޔަވާދޭން ފަށާފައެވެ.
މިއަހަރުގެ ދިރާސީ އަހަރު ފަށާފައިވަނީ90،000 އެއްހާ ދަރިވަރުންނާއި އެކުއެވެ. އެގެތެރޭގައި ސަރުކާރުގެ އޭގެތެރޭގައި ސަރުކާރުގެ 217 ސްކޫލްއެއްގައި ކިޔަވަމުން އަންނަ 84000އެއްހާ ދަރުވަރުން ހިމެނެއެވެ.
ޕްރީ-ސްކޫލުން ފެށިގެން ގްރޭޑު 12 އާ ހަމައަށް 90،000 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރަމުން އަންނައިރު އެކުދިންނަށް ކިޔަވާދިނުމުގައި 11،000 އެއްހާ ޓީޗަރުން މަސައްކަތްކުރާނެ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މި އަހަރު އަލަށް މުޅި ރާއްޖެއިން 500 ވުރެ ގިނަ ކުދިން ވަނީ ގްރޭޑް އެކަކަށް ވައްދާފައެވެ. އޭގެތެރެއިން 2000 ވުރެ ގިނަ ކުދިން ގްރޭޑް އެކަކަށް ވައްދާފައިވަނީ މާލޭ ސަރަހައްދުގެ ސްކޫލްތަކަށެވެ. މީގެއިތުރުން މި ދިރާސީ އަހަރު އަތޮޅުތެރޭގެ ސްކޫލުތަކުން މާލޭދެ ސްކޫލުތަކަށް 1200 އަށް ވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އެކަޑެމިކް ކަލަންޑަރު ބުނާގޮތުން މި އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ކުރިޔަށް ދާނީ ޖުލައި 24 ނިޔަލަށެވެ. އެއަށްފަހު ދެވަނަ ޓާމްގެ ކިޔެވުން ފަށާނީ އޮގަސްޓު 10 ގައެވެ. މި އަހަރުގެ ދިރާސީ އަހަރު ނިންމާ ދަރިވަރުން ޗުއްޓީއަށް ދާނީ ޑިސެމްބަރު 28ގައެވެ. އަދި އަންނަ އަހަރުގެ ދިރާސީ އަހަރު ފަށާނީ ޖެނުއަރީ 27 ގައެވެ.