ads
ޖޯލި ރިސޯޓު
ރާއްޖޭގެ ޓޫރިޒަމް މާކެޓް 10 ޕަސަންޓަށް ފުޅާވެއްޖެ
ލޭއެލްއެލް އިން 2023 ވަނަ އަހަރު ނެރެފައިވާ މޯލްޑިވްސް އިންވެސްޓްމެންޓް ގައިޑްގައި ރާއްޖޭގެ ޓޫރިޒަމް މާކެޓް 2019 ވަނަ އަހަރާ އަޅާބަލާއިރު 10 ޕަސަންޓަށް ފުޅާވެފައިވާކަމަށް ބުނެފިއެވެ.
Advertisement

އެ ކުންފުނިން ބުނެފައިވާ ގޮތުގައި މިސަރަހައްދުގެ އެންމެ މަތިން ރޭޓުކޮށްފައިވާ މާކެޓަކީ ރާއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ މައުލޫމާތުތައް ދައްކާ ގޮތުގައި 2023 ވަނަ އަހަރު 11 ރިސޯޓެއް ވިއްކާލާފައިވާއިރު، އެންމެ ފަހުން ނިމިދިޔަ އަހަރު ރާއްޖޭގައި 6 ރިސޯޓާއި މާލެ އަތޮޅުގެ ފަޅެއް ވިއްކާލާފައިވެއެވެ. މިދިޔަ އަހަރު ވިއްކާލި ރިސޯޓްތަކުގެ ތެރޭގައި ނ. ބަޑިދިއްޕޫގެ 11.3 ހެކްޓަރާއި، ކ. އެރިޔަދޫ ރިސޯޓް، ބ. ފޮނިމަގޫދޫ، އއ. ހަލަވެލި، ދ. ހުޅުވެހި، ރ. ހުރުވަޅި އަދި ނޯތް އަރިއެޓޯކް މާގާއާއި ނޯތް އަރިއެޓޯލް ފަޅެއް ހިމެނެއެވެ.

ލޭއެލްއެލް އިން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން 2012 ވަނަ އަހަރުން ފެށިގެން 15 ރިސޯޓެއް ވިއްކުމުގައި ބައިވެރިވެފައިވެއެވެ. 2023 ވަނަ އަހަރު ވިއްކާލި ތަންތަނުގެ ތެރޭގައި ދ. ފޮއްމުލި، ވ. ފޮއްތެޔޮ ބޮޑު ފުށި، ލ. ގުރައިދޫގެ އިތުރުން ޅ. މޭޔަފުށި އަދި ބ. ދިގުފަރުގެ އިތުރުން ކ. އަދި ނ. އަތޮޅުގެ ދަޅުތަކެއް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް