އެމްއެންޑީއެފުން ބުނީ ކ.ތުނބަފުށީގައި ރޯވި އަލިފާންފަނޑު މިހާރު ނިންވާލާފައިވާކަމަށެވެ. އަލިފާން ނިއްވާލީ އެރަށުގައި ތިބި މީހުންކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާގެ އިތުރު އެއްވެސް ތަފްސީލެއް ސިފައިން އަދި ދީފައެއް ނުވެއެވެ. އެހެންނަމަވެސް އެމްއެންޑީއެފުން އާއްމު ކުރި ފޮޓޯއަށް ބަލާއިރު އަލިފާން ރޯވިތަން ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.