ads
ކްލާސްރޫމާއި މަލްޓިޕާޕަސް އެޅުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަނާއި އެމްޓީސީސީން ސޮއިކުރަނީ
15ރަށެއްގައި ކްލާސްރޫމާއި މަލްޓިޕާޕަސް އަޅަން އެމްޓީސީސީއަށް
15 ރަށެއްގައި ކްލާސްރޫމް އެޅުމާއި މަލްޓިޕާޕަސް ހޯލު ހަދަން އެޑިޔުކޭޝަން މިނިސްޓްރީން އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.
Advertisement

މި މަސައްކަތްތަކުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. 

އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީއެވެ. 

މަލްޓިޕާޕަސް އަޅާ ރަށްތައް 

  • ހދ. ނޮޅިވަރަމް 
  • ރ. އިންނަމާދޫ 
  • ތ. މަޑިފުށި 
  • ހދ. ނާވއިދޫ 

މަލްޓިޕާޕަސް އާއި އިތުރު ކްލާސްރޫމްތައް އަޅާ ރަށްތައް

  • ށ. ބިލެތްފަހި
  • އއ. މަތިވެރި 
  • ގދ. ވާދޫ
  • ކ. ގުޅި

އިތުރު ކްލާސްރޫމްތައް އަޅާ ރަށްތައް 

  • ހއ. މޮޅަދޫ
  • ހދ. ނޭކުރަންދޫ 
  • ރ. ދުވާފަރު 
  • ބ. ކުޑަރިކިލު
  • ތ. ގާދިއްފުށި 
  • ހއ. މާރަންދޫ 
  • ލ. މާވަށް 

18 ރަށެއްގެ ސްކޫލުތަކުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށްވެސް ސަރުކާރުގެ ތިން ކުންފުންޏަކާ އެޑިޔުކޭޝަން މިނިސްޓްރީން ދާދި ފަހުން ވަނީ ހަވާލުކޮށްފައެވެ. 

އެ މަސައްކަތްތައްވެސް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އަދި ފެނަކަ ކޯޕަރޭޝަނާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް