ads
ފޮރިން މިނިސްޓަރު ހަލީލު މޯލްޓާގެ ބޮޑު ވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވަނީ-- ފޮޓޯ: ފޮރިން މިނިސްޓްރީ
ބޭރުގެ އިންވެސްޓްމަންޓްތައް އިތުރު ކުރުމާ ގުޅޭގޮތުން މޯލްޓާ އެކު އެއްބަސް ވެއްޖެ
ބޭރުގެ އިންވެސްޓްމަންޓްތައް އިތުރު ކުރުމަށް މަސައްކަތް ކުރުމާ ގުޅޭގޮތުން ރާއްޖެ އާއި މޯލްޓާ އާ އެކު އެއްބަސް ވެއްޖެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
Advertisement

ފޮރިން މިނިސްޓްރީން ބުނީ ބޭރުގެ އިންވެސްޓްމަންޓްތައް އިތުރު ކުރުމާ ގުޅޭގޮތުން މޯލްޓާ އެކު އެއްބަސްވެފައި ވަނީ ފޮރިން މިނިސްޓަރު އަބުދުﷲ ހަލީލު މިހާރު މޯލްޓާއަށް ކުރައްވަމުންގެންދަވާ ދަތުރުގައި މޯލްޓާގެ ބޮޑު ވަޒީރުގެ ނައިބު އަދި އެ ގައުމު ފޮރިން މިނިސްޓަރު އިއަން ބޯގް އާ އެކު އިއްޔެ ބޭއްވި ބައްދަލުވުގައި ކަމަށެވެ.

މޯލްޓާގެ ބޮޑު ވަޒީރުގެ ނައިބުގެ އޮފީހުގައި ބޭއްވެވި އެ ބައްދަލު ކުރުމުގައި ބޭރުގެ އިންވެސްޓްމަންޓްތައް އިތުރު ކުރުމާ ގުޅޭގޮތުން މޯލްޓާ އެކު އެއްބަސްވުމުގެ އިތުރުން ކުދި ޖަޒީރާ ގައުމުތަކުގެ ހައިސިއްޔަތުން، ރާއްޖެ އާ މޯލްޓާއާ ހާއްސަކޮށް އިއާދަ ކުރަނިވި ހަކަތައަށް ބަދަލުވުމުގައި، ތިމާވެށީގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށާއި ވިޔަފާރީގެ އާ ފުރުސަތުތައް އިތުރު ކުރުމަށް ވެސް އެއްބަސްވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން، ފަތުރުވެރިކަމާއި، މަތީ ތައުލީމު ދާއިރާ އާ ގުޅުން ވަރުގަދަކޮށް، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެ ވަޒީރުން ވެސް މަޝްވަރާ ކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ރާއްޖެ އާއި މޯލްޓާ އަކީ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރި ދެ ގައުމު ކަމަށާއި  މި ދަތުރަކީ  ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ދެ ވަޒީރުން ފާހަގަ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް