ads
ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ. މާވަށު ކައުންސިލުގެ ބޭފުޅުންނާ ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް
ލ. އަތޮޅަށް އިތުރު އެއާޕޯޓެއްގެ ވައުދު ފުއްދާނަން: ރައީސް
ލ. އަތޮޅަށް އިތުރު އެއާޕޯޓެއް ބޭނުންވާ ކަމަށާއި އެ އެއާޕޯޓު ތަރައްގީކުރާނީ ގިނަ ރިސޯޓްތަކާ އެކު އިގްތިސާދީ ގޮތުން އެންމެ ފައިދާވާނެ ރަށެއްގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ލ. މާވަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ވެވަޑައިގެންނެވި ކޮންމެ ވައުދެއް ފުއްދަވާނެ ކަމަށާއި ވައުދު ވަނީ ވައުދު ފުއްދޭނެ ކަމުގެ ޔަގީންކަން އޮވެގެން ކަމަށެވެ.

ލ. އަތޮޅުގެ ދެވަނަ އެއާޕޯޓް ތަރައްގީކުރާނީ އެކަމަށް އެންމެ އެކަށީގެންވާ ސަރަހައްދުގައި ކަމަށް ރައީސް ވިދާޅުވި އެވެ. ލ. އަތޮޅުގައި މިވަގުތު އެއާޕޯޓެއް އޮންނަނީ ކައްދޫގައި އެކަންޏެވެ.

"އަޅުގަނޑަށް އެނގޭ މިރަށުގެ ރައްޔިތުންވެސް އެންމެ ބޮޑަށް އިންތިޒާރުކުރާ މަޝްރޫއަކީ އެއާޕޯޓު މަޝްރޫއުކަން. އެމަސައްކަތް މިއަތޮޅުގައި ކުރިއަށްދާނެކަމުގެ ޔަގީންކަންދެން. ސަރުކާރުން އެ މަޝްރޫއު ކުރިއަށްގެންދާނީ އިގްތިސާދީގޮތުން އެންމެ ރަނގަޅުގޮތެއް ބަލާފައި. އެހެންވެ ކުޑަ ވަގުތުކޮޅެއް ނަގަނީ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން މިއަދު އަމަލީ މަސައްކަތް ފެށިގެން މިދިޔަ ކޮންމެ މަޝްރޫއަކީ ވައުދުވީގޮތަށް ކުރިއަށްގެންގޮސް ނިންމަވާނެ މަޝްރޫއުތަކެއްކަމަށެވެ.

ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި ހިތަދޫގައި ފެށިގެން މިިދިޔަ މަސައްކަތަކީ ކުރިއަށް އޮތްތަނުގައި ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް ލިބިގެންދިޔަ ބާރެއްކަމަށް ރައީސް ވިދާޅުވި އެވެ. 4 އެނދުގެ ވޯޑާއެކު އިތުރު ހިދުމަތް ގާއިމުވެގެންދިޔުމުން ހޮސްޕިޓަލަކަށް ބަދަލުކުރުމަށް މަގުފަހިވެގެންދާނެ ފާހަގަކުރެއްވި އެވެ. އަދި އަންނަ އަހަރުގެ ބަޖެޓު ތައްޔާރުކުރުމުގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ސިއްހީ ހިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އިތުރު މުވައްޒަފުން ހިތަދުއަށްވެސް ނަގާނެކަމަށް ރައީސް ވިދާޅުވި އެވެ.

ހިތަދޫގެ ސްކޫލްގެ މަސައްކަތް ފެށުމަށްވެސް މަސައްކަތް ކުރަމުންދާއިރު ހަފްތާއެއްގެ ތެރޭގައި ހަވާލުކޮށް މިއަހަރުގެ ތެރޭގައި މަސައްކަތް އަމަލީގޮތުން ފެށިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ. މީގެއިތުރުން ބީއެމްއެލްގެ ބްރާންޗްގެ މަސައްކަތާއި ހިތަދޫއާއި ކުނަހަންދޫގެ ކޯޒްވޭގެ މަސައްކަތްވެސް ބާރު ދުވެއްޔެއްގައި ކުރިއަށްދާނެކަމުގެ ޔަގީންކަން ހިތަދޫގެ ރައްޔިތުންނަށް ރައީސް ވަނީ ދެއްވާފަ އެވެ.

ލ. އަތޮޅަށް އިތުރު އެއާޕޯޓެއް ބޭނުންވާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއިރު، ސްޕީޑް ބޯޓެއްގައި ދެވޭހާ ކައިރިކައިރީގައި އެއާޕޯޓްތައް އެޅުމުން ލޯކަލް ޓޫރިޒަމަށް ވެސް ކުރަން ޖެހޭ މަންފާތައް ނުކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިފަހުން ވަނީ ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް