ads
ކ. ހުރާއިން އަތުލައިގެން ބިދޭސީން
ގަވާއިދާ ހިލާފަށް އުޅުނު 8 ބިދޭސީން ހުޅުމާލެއިން އަތުލައިފި
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ ގާނޫނީ އިމުގެ ތެރެއަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހުޅުމާލޭގައި ހުރި އެކަމަޑޭޝަން ބްލޮކްތަކަކުން 8 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
Advertisement

އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި ބިދޭސީން އަތުލައިގެންފައިވަނީ ރޭ ހިންގި އޮޕަރޭޝަނެއްގައެވެ.

އިމިގްރޭޝަނުން ބުނީ ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުންދާ ހަތަރު އެކަމަޑޭޝަން ބްލޮކެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 8 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އޮފީހުން ބުނީއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގައި ވެސް ދަނީ ބޮޑެތި އޮޕަރޭޝަންތައް ހިންގަމުންނެވެ. މި މަސައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގެންފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް