ads
އުމުރުން 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު
ލައިފް ޖެކެޓް ނުލިބި މުޝްފިގް ގެއްލުން: އެރޭގެ ވީޑިއޯއެއް ވައިރަލްވެއްޖެ
ލ. މާވަށު ހޮޅުދޫ ބޯޓުގައި އަލިފާން ރޯވި ހާދިސާގައި ގެއްލުނު އަލީ މުޝްފިގް މުހައްމަދު ޝަރީފަށް ލައިފް ޖެކެޓް ނުލިބުނު ގެއްލުނުރޭގައި މީހުން ސަލާމަކުރަން އުޅުނު މީހަކު ވީޑިއޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލައިފިއެވެ.
Advertisement

މިދިޔަ ބުދަ ދުވަހުގެ ރޭ ތ. ހިރިލަންދޫން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓުގައި އަލިފާން ރޯވުމުން، ބޯޓުގައި ތިބި 18 މީހުންގެ ތެރެއިން 17 މީހުން ސަލާމަތްކުރެވުނު ނަމަވެސް، 25 އަހަރުގެ މުޝްފިގް ގެއްލިފައިވެއެވެ.

މުޝްފިގުގެ ކޮއްކޮ އަހުމަދު މިންޝާވީ ޝަރީފް ބައްޕައަށް ކިޔައިދިން ގޮތުގައި، ބޯޓުގައި އަލިފާން ރޯވުމާއެކު މިންޝާވީގެ ލައިފް ޖެކެޓު އަޅުވައިދިނުމަށް ފަހު މުޝްފިގު ލައިފް ޖެކްޓު ކަރުގައި އަޅުވާ، އުނަގަނޑުގައި ބެލްޓު ނޭޅުވިގެން އުޅެނިކޮށް ފަހަތުން އައި މީހަކު މުޝްފިގުގެ ލައިފްޖެކެޓު ޖަހައިގަނެގެން ގެންދިޔައެވެ. އެހެންކަމުން މުޝްފިގަށް ލައިފްޖެކެޓެއް ނުލިބުނެވެ.

އަލިފާންގަނޑު ފެތުރެމުންދާތީ އިތުރު ގޮތެއް ނެތިގެން މުޝްފިގު އަތުގައި ހިފައިގެން މިންޝާވީ ކަނޑަށް ފުންމާލިއެވެ. މިންޝާވީ ހުރީ ލައިފްޖެކެޓު އަޅައިގެންނެވެ. މުޝްފިގު އަތުގައި ލައިފްޖެކެޓެއް ނެތުމުން މިންޝާވީ މަސައްކަތް ކުރީ މުޝްފިގުގެ އަތުގައި ހިފަހައްޓައިގެން އޮވެ ސަލާމަތްވާށެވެ.

މި ހާދިސާއާ ގުޅިގެން ޓިކްޓޮކްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ބޯޓުން ދަތުރުކުރި މީހުން ސަލާމަތްކޮށް، މީހުން ލޯންޗަކަށް ނަގާ ތަން ފެނެއެވެ. އެ ވީޑިއޯގައި މުޝްފިގަށް ގޮވާ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ މަންޒަރުވެސް ފެނެއެވެ.

އެމްއެންޑީއެފުން މިހާރު ކުރިއަށް ގެންދަނީ ސަރފަސް ސަރޗް އޮޕަރޭޝަނެވެ. އަދި މި ހާދިސާގައި އަލިފާން ރޯވި "ހޮޅުދޫ ބޯޓު" އަޑިއަށް ގޮސްފައިވާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވެއެވެ.

13%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
88%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް