ads
މިނިސްޓަރު ތޯރިގު ގަހެއް އިންދަވަނީ
މިހާތަނަށް 4 ލައްކައަށްވުރެ ގިނަ ގަސް އިންދައިފި
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 4 ލައްކައަށްވުރެ ގިނަ ގަސް އިންދާފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކޮށްފިއެވެ.
Advertisement

މިނިސްޓްރީން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، މިއަދާ ހަމައަށް ޖުމްލަ 498,968 ގަސް އިންދާފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މި ޕްރޮގްރާމް ރަސްމީކޮށް ފެށިފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމުގެ ދަށުން ޖުމްލަ 5,219,456 ގަސް އިންދުމަށް ނިންމާފައިވެއެވެ. އެގޮތުން އެޗްޑީސީ އާއި އެމްޕީއެލުން އެއް މިލިއަން ގަސް އިންދުމަށް ހަމަޖެހިފައިވާއިރު، އެސްޑީއެމް ފާމުން 750,000 ގަސް އިންދާނެއެވެ. އަދި އާރުއޭސީއެލްއިން 60,000 ގަސް އިންދުމަށް ހަމަޖެހިފައިވާއިރު، ސްޓެލްކޯއިން 500,000 ގަސް އިންދުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމާއި، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުން މިހާރުގެ އަދި އަންނަން އޮތް ޖީލުތައް ސަލާމަތްކުރުމެވެ. އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ އެހެނިހެން ފަރާތްތަކުން 1.3 މިލިއަނަށްވުރެ ގިނަ ގަސް އިންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް