
ފުލުހުން ކްރިމިނަލްކޯޓް ކައިރީ
ފޯނެއް ވަގަށްނަގައި 50،000 ރުފިޔާ ޓްރާންސްފާކުރި މީހަކު 5 ދުވަހަށް ބަންދުކޮށްފި
ގުފްތަގް އަޖީރު
09 އޭޕްރީލް 2025 - 11:17:00
ފޯނެއް ވަގަށްނަގައި 50،000 ރުފިޔާއަށްވުރެ ގިނަ ފައިސާ އެހެން އެކައުންޓަކަށް ޓްރާންސްފާކުރި މައްސަލައިގައި ނ. ޅޮހީ، ފެހިވިނަ، 25 އަހަރުގެ އަބްދުﷲ ސާއިފް 5 ދުވަހަށް ބަންދުކޮށްފިއެވެ.
ފުލުހުން ދިން މައުލޫމާތުގައިވާ ގޮތުން، ސާއިފް ހައްޔަރުކޮށްފައިވަނީ މީހެއްގެ ފޯނު ވަގަށްނަގައި އެ މީހާގެ އެކައުންޓުން ފައިސާ ޓްރާންސްފާކުރި މައްސަލައާ ގުޅިގެންނެވެ.
ހޯމަ ދުވަހު ހައްޔަރުކުރި ސާއިފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ނިންމީ 5 ދުވަހުގެ މުއްދަތަށް ސާއިފް ބަންދުގައި ބެހެއްޓުމަށެވެ. ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، ފޯނު ވަގަށް ނެގުމަށްފަހު ކުޑަ އިރުކޮޅެއްގެ ތެރޭގައި ފައިސާ ޓްރާންސްފާކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ.
ފުލުހުން ބުނާ ގޮތުގައި ވަގަށްނެގި ފޯނުން ފައިސާ ޓްރާންސްފާކޮށްފައިވަނީ ސާއިފްގެ އެކައުންޓަކަށްކަން ތަހުގީގަށް އެނގިފައިވެއެވެ. މި މައްސަލައިގައި ސާއިފް ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.
0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް