ads
މަސްވެރިން
ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރި މަހުގެ އަދަދު މައްޗަށް: 14,000 މެޓްރިކް ޓަނަށް އަރައިފި
މި އަހަރުގެ ފުރަތަމަ ދެ މަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރި މަހުގެ އަދަދު 14,222.6 މެޓްރިކް ޓަނަށް އަރައިފިއެވެ.
Advertisement

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 40 ޕަސަންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކޮށްފައިވަނީ 10,526.7 މެޓްރިކް ޓަނުގެ މަހެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި މި އަހަރުގެ ޖެނުއަރީ މަހުގައި 5,710.93 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވާއިރު، ފެބްރުއަރީ މަހުގައި 8,511.63 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެއެވެ. މިއީ މަހުން މަހަށް އެކްސްޕޯޓްކުރާ މަހުގެ އަދަދު އިތުރުވަމުންދާކަން ދައްކުވައިދޭ ހެކިތަކެކެވެ. ރާއްޖެއިން މި އަހަރު އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ކަޅުބިލަމަހެވެ. ފެބްރުއަރީގެ ނިޔަލަށް 10,402 މެޓްރިކް ޓަނުގެ ކަޅުބިލަމަސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވެއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު މަސްވެރިންނަށް ސަރުކާރުން ދަރާފައިވާ 850 މިލިއަން ރުފިޔާ ދައްކައި ބެކްލޮގް އެއްކޮށް ކްލިއާކޮށްފައިވެއެވެ. އަދި ރައީސް ޑރ. މުއިއްޒުގެ ވައުދެއް ކަމަށްވާ މަސްވެރިން މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމުގެ ވައުދު އަންނަނީ ފުއްދަވަމުންނެވެ. މިކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުންތަކެއް ލިބި، އެކްސްޕޯޓްކުރާ މަހުގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް