މި މައްސަލާގެ ވާހަކަ ދެއްކެވީ މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްއެވެ.
ނާޒިމް ވިދާޅުވީ ރާއްޖެއަށް ގޭސް އެތެރެކުރަން މޯލްޑިވް ގޭހުން ބޭރު ކުންފުންޏަކަށް އެޑްވާންސަށް ފައިސާ ދެއްކުމުން ގޭސް ނުލިބި އެ ފައިސާ ގެއްލިފައިވާ ކަމަށެވެ. އެގޮތުން މިކަން ހިންގާފައިވަނީ މިިދިޔަ އޮކްޓޫބަރު މަހުކަމަށޤ ނާޒިމް ވިދާޅުވިއެވެ. ގޭސް ނުލިބުތާ ގޭސް ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ އެކުންފުންޏަށް މިހާތަނަށް ލިބިފައި ނުވާކަމަށް ނާޒިމް ވިދާޅުވިއެވެ.
ޝިޕްމަންޓަށް ދެއްކީ އަދި ނުލިބި ގެއްލިފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ނާޒިމް ވިދާޅެއް ނުވެއެވެ. އެހެންނަމަވެސް އެނގިފައިވާ ގޮތުގައި ޝިޕްމަންޓަށް ދެއްކި ފައިސާގެ އަދަދަކީ 3.7 މިލިއަން ރުފިޔާއެ ވެ.