ads
ހުވަން ލޯންޗުން ދަތުރުކުރަނިކޮށް ކަނޑުވެފައި ތިބި ބަޔަކު ސަލާމަތްކުރަނީ: ފައިލް ފޮޓޯ
އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރުގެ ހާދިސާތައް ތަހުގީގުކުރަން ވަކި ބޯޑެއް
އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަހުގީގުކުރުމަށްޓަކައި ވަކި ބޯޑެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އުފައްދަވައިފިއެވެ.
Advertisement

"މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު" ގެ ނަމުގައި އުފެދުނު މި ބޯޑަކީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށް އުފެދުނު ބޯޑެއް ކަމަށް ރައީސް އޮފީހުން ބުނީއެވެ.

ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ދަށުން ހިންގާ މި ބޯޑުގެ މަސްއޫލިއްޔަތުގެ ތެރޭގައި، ސަލާމަތާއި ރައްކާތެރިކަމަށް ރާއްޖޭގެ އެއްގަމާއި ކަނޑާއި އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ބަދަލުތައް ގެނައުމަށް ކަމާބެހޭ ފަރާތްތަކަށް ލަފާދީ، ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުން ހިމެނެއެވެ. މީގެ ކުރިން ވައިގެ އުދުހުންތަކުގައި ހިނގާ ހާދިސާތައް ތަހުގީގު ކުރަމުން ގޮސްފައިވަނީ ސިވިލް އޭވިޝަން އޮތޯރިޓީން ކަމާއި، ކަނޑުދަތުރުތަކާ ގުޅޭ މައްސަލަތައް ބަލަމުން ގޮސްފައިވާކަން މިނިސްޓްރީން ފާހަގަކުރެވެއެވެ.

ރާއްޖޭގައި އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ހިނގާ ހާދިސާތަކާއި އެކްސިޑެންޓްތައް ބެލުމަށް ވަކި ބޯޑެއް އުފެދުމުން، މި ދާއިރާތަކުގައި ހިނގާ ހާދިސާތައް ބެލުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި ތަހުގީގުތަކުގެ އިތުރުން ދަތުރުފަތުރުގެ ނިޒާމުގެ ރައްކާތެރިކަން އިތުރުކުރުމަށް ބޯޑުން ފަންނީ ލަފާ ދިނުމުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ތަރައްގީކޮށް ރައްކާތެރިކަން ހަރުދަނާވެގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް