ads
މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު
ގޯހުން ކަމެއް ނުކުރަން، އަބުރު ގެއްލުވާނުލާ: އަބްދުﷲ މުހައްމަދު
ހުރިހާ މުއާމަލާތެއްވެސް ކޮށްފައިވަނީ އުސޫލާއި އެއްގޮތަށްކަމަށާއި އުސޫލުން ބޭރުން އެއްވެސް ކަމެއް ކޮށްފައިނުވާނެކަމަށް މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވެޖެއެވެ.
Advertisement

އޭނާ މިހެން ވިދާޅުވެފައި މިވަނީ މޯލްޑިވް ގޭހުން 4 މިލިއަނެއްހާ ރުފިޔާ ގެއްލުނު މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.  އެ މައްސަލަ މަޖިލީހުންނާއި އޭސީސީން ބަލަން ފަށާފައި ވަނިކޮށެވެ. 

ރާއްޖެއަށް ގޭސް އެތެރެކުރަން މޯލްޑިވް ގޭހުން ދުބާއީ ކުންފުންޏަކަށް 3.7 މިލިއަން ރުފިޔާ އެޑްވާންސްގެ ގޮތުގައި ދެއްކުމުން ގޭސް ނުލިބި އެ ފައިސާ ގެއްލިފައިވާ މައްސަލަ އާއްމުކުރީ ރައްޔިތުން މަޖލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްއެވެ. މިކަން ހިނގާފައިވަނީ މިިދިޔަ އޮކްޓޫބަރު މަހުކަމަށާއި ގޭސް ނުލިބުތާ ގޭސް ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ އެކުންފުންޏަށް މިހާތަނަށް ލިބިފައި ނުވާކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. 

އެޑްވާންސް ފައިސާ ދެއްކީ އާންމުކޮށް މޯލްޑިވް ގޭހުން ގޭސް ގަންނަމުން އައި ކުންފުންޏަށް ނޫންކަމަށާއި ކުރީގެ ކުންފުނި ބަދަލުކުރީ ސަބަބު މޯލްޑިވް ގޭހުގެ އިސްވެރިންނަށް ސާފުނުކޮށް ނުދެވުނުކަމަށްވެސް ނާޒިމް ވަނީ މަޖލީހުގެ މާލިއްޔަތު ކޮމެޓީގައި ވިދާޅުވެފައެވެ. 

މި ވާހަކަތަކާއި ގުޅިގެން މޯލްޑިވް ގޭހުގެ އެމްޑީ އަބްދުﷲ މުހައްމަދު ވިދާޅުވީ ކުންފުނިން ކޮންމެ މުއާމަލާތެއްވެސް ކޮށްފައިވާނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ޕްރޮކިޔުމެންޓް އުސޫލާއި އެއްގޮތަށްކަމަށެވެ. އަދި މިކަން ކުންފުނީގެ އޮޑިޓް ރިޕޯޓުތަކުން ކަށަވަރުވާނެކަމަށްވެސް އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ ކޮންމެ މީހަކުވެސް އެމީހަކު ބޭނުންވާ ކަންކަން ބޭނުންވާ ގޮތަށް ހާސިލް ނުވުމަކީ ކަންކަމުގެ ހަގީގަތް އޮޅޭގޮތަށް އަނެކާގެ އަބުރު ގެއްލުވާލަން އޮތް ފުރުސަތެއް ނޫންކަމަށެވެ. އަދި އޭނާ އަކީ 2000 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކިއ ިދާރާގައި މަސައްކަތް ކުރަމުން އަންނަ މީހެއްކަމަށާއި ހިޔާނާތެއްގެ ތުހުމަތުގައިވެސް ތަހުގީގީ އެއްވެސް އިދާރާއަކަށް ހާޒިރުކޮށް ބަޔާން ނަގައިފައި ނުވާނެކަމަށްވެސް އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ. 

ގޭސް ގަތުމުގެ ހުރިހާ ޒިންމާތަކާއި ބާރެއް މޯލްޑިވް ގޭހުގެ އަތުން ނަގައި، އެސްޓީއޯއިން އެކަން ކުރަން ފަށާފައިވާކަމަށް އަހުމަދު ނާޒިމް ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް