ads
ފަހި ދިރިއުޅުން ކޯޕަރޭޝަން މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް
އެފްޑީސީން އަޅާ 5،000 ފްލެޓަށް ލޯނު ހަމަ ޖެހިއްޖެ
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން މާލެ ސަރަހައްދުގައި ތަރައްގީކުރާ ޔުނިޓުގެ ތެރެއިން ފުރަތަމަ 5،000 ޔުނިޓުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ލޯނު ހަމަޖެހިއްޖެއެވެ.
Advertisement

އެފްޑީސީން އަންނަނީ މާލެ ސަރަހައްދުގައި 13،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. 

ފަހި ދިރިއުޅުން ކޯޕަރޭޝަން މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ މާލެ ސަރަހައްދުގައި ފްލެޓުގެ ތެރެއިން 5،000 ފްލެޓަކަށް މިހާތަނަށް ލޯނު ހަމަޖެހިފައިވާކަމަށެވެ. އަދި ލޯނު ހަމަޖެހިފައިވަނީ ޗައިނާގެ ބޭންކަކުންކަމަށް ޝަކީލް ވިދާޅުވިއެވެ. 

ޝަކީލް ވިދާޅުވީ އެބޭންކުން ލޯނު ދޭނެކަން އަންގައިދޭ ޓާމް ޝީޓެއް މިހާރު ލިބިފައިވާކަމަށާއި އެ ޝީޓް މިހާރު އިކޮނޮމިކް ކައުންސިލަށް ހުށައަޅާފައިވާކަމަށެވެ. އަދި އެ ކައުންސިލުން ހުއްދަ ދޫކުރުމާއެކު މަޝްރޫއު އިއުލާނުކޮށް ސޮއިކުރާނެ ކަމަށްވެސް ޝަކީލް ވިދާޅުވިއެވެ. 

ދެން ހުރި ހައުސިން ޔުނިޓްތަކަށް ލޯނު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި ވަރަށް އަވަހަށް އެ މައުލޫމާތުތައްވެސް ހިއްސާކުރާނެކަަމަށްވެސް ޝަކީލް ވަނީ ވިދާޅުވެފައެވެ. 

މާލެ ސަރަހައްދުގައި އެފްޑީސީން ތަރައްގީކުރާ 13،000 ހައުސިން ޔުނިޓު އެޅުމަށް ބޭރުގެ ތިން ކުންފުންޏަކާއެކު އެކަމުގެ ފްރޭމް ވޯކް އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ.

އޭގެތެރެއިން 5،000 ޔުނިޓު އަޅަން ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކުރީ ތުރުކީގެ ކުންފުންޏަކާއެވެ. 3،000 ޔުނިޓު އަޅަން އެއްބަސްވުމުގައި ސޮއިކުރީ ސްރީލަންކާގެ ކުންފުންޏަކާއެކުއެވެ. އަދި ބާކީ ހުރި 5،000 ޔުނިޓު އަޅަން ފްރޭމްވޯކް އެއްބަސްވުމެއް ހެދީ ޗައިނާ ކުންފުންޏަކާއެކުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް