އީސީން ބުނީ ރަޖިސްޓަރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މި އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10،000 މެންބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާނެ ކަމަށެވެ. އެގޮތުން 5 ޕާޓީތަކަށް 27،981،256 ރުފިޔާ ދޫކުރަން ނިންމާފައިވާކަމަށް އިލެކްޝަނުން ބުނެއެވެ.
އިލެކްޝަނުން އާއްމުކުރި ހިސާބުތައް ދައްކާގޮތުން މިއަހަރު އެންމެ ގިނައިން ދައުލަތުގެ ބަޖެޓުން ފައިސާ ލިބެނީ ވެރިކަން ކުރާ ޕީއެންސީއަށެވެ. އެޕާޓީއަށް 13.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބޭނެކަމަށް އިށީގެ ހިސާބުތަކުން ދައްކައެވެ. އެޕާޓީގައި ތިބި މެމްބަރުންގެ އަދަދަކީ 68968 އެކެވެ.
ދެވަނައަށް އެންމެ މެމްބަރުން ގިނަ އެމްޑީޕީއަށް ދައުލަތުގެ ބަޖެޓުން މިއަހަރު ލިބެނީ 8.4 މިލިއަން ރުފިޔާއެވެ. އެޕާޓުގެ މެމްބަރުންގެ އަދަދަކީ 43755 އެކެވެ.
މި އަހަރުގެ ބަޖެޓުން ޕާޓިތަކަށް ފައިސާ ލިބޭ މިންވަރު