ads
މިދިޔަ މަހުގެ މީރާއަށް 173 މިލިއަން ޑޮލަރު، ޖުމްލަ އާމްދަނީ 3 ބިލިއަނަށް
މިދިޔަ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 3.38 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
Advertisement

މީރާއިން ބުނީ މީދިޔަ އަހަރުގެ މާރިޗުމަހާއި އަޅާކިޔާއިރު 15.1 އިންސައްތައިގެ ކުރިއެރުމެއްކަމަށެވެ. މިދިޔަ އަހަރުގެ މާރިޗުމަހު އާމްދަނީގެ ގޮތުގައި ލިބުނީ 2.9 ބިލިއަން ރުފިޔާއެވެ. އަދީ މީ މިދިޔަ މަހު ލިބޭނެކަމަށް އާންދާޒާކުރި އާމްދަނީއަށްވުރެ 26.2 އިންސައްތަ އިތުރު އަދަދެއްކަމަށްވެސް މިރާއިން ބުނެއެވެ. 

ފެބްރުއަރީމަހު ދައުލަތުގެ އާމްދަނީއަކީ 2.47 ބިލިއަން ރުފިޔާއެވެ.

މިދޔަ މަހު ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބެއްކަމަށް މީރާއިން ބުނީ ފެބްރުއަރީ މަހުގެ ޓެކުހުގެ ސުންގަޑިތައް ބަންދު ދުވަހަކާ ދިމާވުމުން މާޗު މަހުގެ ތިންވަނަ ދުވަހަށް މުއްދަތު އިތުރުކޮށްފައި ވުމުންކަމަށެވެ. މީގެއިތުރުން ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ އާމްދަނީވެސް މި މުއްދަތުގައި ބަލައިގަތުމަކީ އާމްދަނީ އިތުރުވި ސަބަބެއްކަމަށް މީރާއިން ބުނެއެވެ. 

މިރާގެ ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީ ޖުމްލަ އާމްދަނީގެ 57 އިންސައްތައެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ރިސޯޓްތަކުގެ ކުލިންނެވެ. ޓޫއަރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 384.3 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. 

އިތުރަށް ލިބުނު އާމްދަނީ ލިބިފައިވާ އަދަދުތައް 

  • ގްރީން ޓެކުހުގެ ގޮތުގައި  270 މިލިއަން 
  • އާމްދަނީ ނަގާ ޓެކުހުގެ ގޮތުގައި 180 މިލިއަން 
  • ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 162.3 މިލިއަން 
  • އެއާޕޯޓް ޑިވޮލޮޕްމެންޓް ފީގެ ގޮތުގައި 157 މިލިއަން 

މީގެ އިތުރުން މިދިޔަ މަހު އާމްދަނީގެ ގޮތުގަައި 174.23 މިލިއަން އެމެރިކާ ޑޮލަރުވެސް ލިބިފައިވާކަމަށް މިރާގެ ހިސާބުތަކުން ދައްކައެވެ. 

މީރާއިން ބުނީ މިދިޔަ މަހު ޓޫރިޒަމްގެ އާމްދަނީ ދަށްވެފައިވާކަމަށެވެ. ސަބަބެއްކަމަށް ބުނީ އެއީ މިދިޔަ އަހަރަށް ވުރެ މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 1.5 ޕަސެންޓު ދަށްވުންކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް