މާލޭ މޭޔަރު ޝިފާ މުހައްމަދު ޑާންސް ކުރައްވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާއެކު، އެތައް ބަޔަކު ޝިފާއަށް ތައުރީފު ކުރަމުން އެބަގެންދެއެވެ.

Advertisement
މާލޭ މޭޔަރު ޝިފާ މުހައްމަދު ޑާންސް ކުރައްވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާއެކު، އެތައް ބަޔަކު ޝިފާއަށް ތައުރީފު ކުރަމުން އެބަގެންދެއެވެ.
ޝިފާއަށް ތައުރީފު ކުރާމީހުން ބުނަނީ ޝިފާ ދައްކަވަނީ ފަރި ހަރަކާތްތަކެއް ކަމަށެވެ.
ޝިފާ ވިދާޅުވެފައިވަނީ މި ޑާންސް ކުރެއްވީ، އެމްޑީޕީން އިންތިހާބަކުން މޮޅުވުމާއި ގުޅިގެން އުފަލުންކަމަށެވެ.
ބެލެވޭ ގޮތުގައި މިއީ ރިޔާސީ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަައްމަދު ސާލިހު ކާމިޔާބު ކުރެއްވުމާއި ގުޅިގެން އުފާފާޅުކުރުމުގެ ތެރެއިން ނަގާފައިވާ މަންޒަރެކެވެ.
އެއްބަޔަކު ޝިފާއަށް ތައުރީފު ކުރެއްވި ނަމަވެސް، ބަައެއް މީހުން އަންނީ ފާޑުވެސް ކިޔަމުންނެވެ.
ޝިފާއަކީ ލޯކަލް ކައުންސިލްތައް އެކުލަވައިލިފަހުން ސިޓީއެއްގައި މޭޔަރު ކަން އެންމެ ގިނަ ދުވަހަށް ކުރެއްވި އަންހެން ބޭފުޅާއެވެ. މާލޭ ސިޓީގެ މޭޔަރު ކަން 3 އަހަރު ދެ ދައުރު ޝިފާ ފުރުއްވިއެވެ. މިހާރުވެސް ގެންދަވަނީ ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި މޭޔަރު ކަމަށް ވާދަކުރައްވަން އެމްޑީޕީގެ ޕްރައިމަރީން މޮޅުވުމަށް ކެންޕޭނު ކުރައްވަމުންނެވެ.
ޝިފާގެ އިތުރުން މާލޭ ސިޓީގެ އެންމެ ފުރަތަމަ މޭޔަރު ޝަރަނގު އާދަމް މަނިކާއި، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފުގެ އިތުރުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވެސް މޭޔަރުކަމުގެ ޕްރައިމަރީގައި ވާދަކުރައްވަން ވަނީ ނިންމަވާފައެވެ.