ads
ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި މަރުވި އާއިލާ އޭގެ ކުޑަކިއިރުކޮޅެއް ކުރިން ނަގާފައިވާ ފޮޓޯއެއް
ޓްއަރިސްޓުން އުފުލާ ހެލިކޮޕްޓަރެއް ވެއްޓި އާއިލާގެ 5 މެމްބަރުން މަރުވެއްޖެ
އެމެރިކާގައި ޓްއަރިސްޓުން އުފުލާ ހެލިކޮޕްޓަރެއް ވެއްޓި އާއިލާގެ 5 މެމްބަރުން މަރުވެއްޖެއެވެ.
Advertisement

މި ހާދިސާގައި މަރުވެފައިވަނީ ސްޕެއިންއަށް ނިސްބަތްވާ އާއިލާއެއްގެ ފަސް މެމްބަރަކެވެ. 

މި އާއިލާ ޗުއްޓީ ހޭދަކޮށްލަން އެމެރިކާއަށް ދިޔައީ ބުރާސްފަތި ދުވަހުއެވެ. އިއްޔެ ހިނގި މި ހާދިސާގައި ހެލިކޮޕްޓަރުގައި މި އާއިލާއަށް ނިސްބަތްވާ ފަސް މެމްބަރުންގެ އިތުރުން ދެން އިނީ ޕައިލެޓްއެވެ. އޭނާވެސް ވަނީ މި ހާދިސާގައި މަރުވެފައެވެ. 

މި ހާދިސާގައި މަރުވެފައިވަނީ ދެމަފިރިއަކާއި އެމީހުން 11 އަހަރާއި 5 އަހަރާއި 4 ދަރިފުޅެވެ. 

އެމެރިކާގެ ނިއު ޔޯކްގެ ހަޑްސަން ކޯރަށް ހެލިކޮޕްޓަރު ވެއްޓެމުން ދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ކޯރަށް ވެއްޓުމުގެ ކުރިން ހެލިކޮޕްޓަރުގެ ކޮންޓްރޯލް ޕައިލެޓަށް ގެއްލެއެވެ. އަދި ވެއްޓުމުގެ ކުރިން ހެލިކޮޕްޓަރު އެކޮޅުކޮޅުން ޖެހޭ ތަންވެސް ފެނެެއެވެ. 

މި ހާދިސާ ހިގަން މެދުވެރި ސަބަބެއް އެމެރިކާ ފުލުހުން ހާމައެއް ނުކުރެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް