
މި މާރާމާރީ ހިންގާފައިވަނީ ނޭޕާލު އަދި ބަންގްލަދޭޝްގެ ދެ ފިރިހެނުންގެ މެދުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ ރޭ 10:08 ހާއިރު ރިޕޯޓުކުރި މި މާރާމާރީގައި ބަންގްލަދޭޝް މީހާއަށް އަނިޔާވެފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް އެއްވެސް ސީރިއަސް އަނިޔާއެއް ވެފައިނުވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. މި މައްސަލާގައި ހިމެނޭ ނޭޕާލު މީހާ ތަހުގީގުގެ ބޭނުމަށް ހަތް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން މިއަދު އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލަ ހިނގައިދިޔަ ގޮތް އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ފާއިތުވި މަސްތަކުގައިވެސް ހުޅުމާލޭގައި ބިދޭސީންގެ މެދުގައި މިފަދަ މާރާމާރީތައް ހިންގާފައިވާއިރު، ފުލުހުން ވަނީ މިފަދަ މައްސަލަތައް ހުއްޓުވުމަށް އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށް ކުރިން ބުނެފައެވެ.