ads
މާވަހަރެއް
އިންޑިއާއިން 10 ކިލޯގެ މާވަހަރަކާއެކު 10 މީހުން ހައްޔަރުކޮށްފި
10 ކިލޯގެ މާވަހަރަކާއެކު އިންޑިއާގެ ކަރަނާޓަކާއިން 10 މީހުން ހައްޔަރުކޮށްފިއެެވެ.
Advertisement

މި މާވަހަރުގެ އަގު ގާތްގަނޑަކަށް 10 ކަރޯޑު ރުޕީޒް ނުވަތަ 1.2 މިލިއަން އެމެރިކާ ޑޮލަރު ކަމަށް ބެލެވެއެވެ.

ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ކޭރަލާ، ކަސަރގޯޑް އަދި ކޮޒިކޯޑްގެ 7 މީހުންނާއި ޝިވަމޮގާގެ ބަދްރަވަތީގެ މީހަކު ހިމެނެއެވެ. މާވަހަރު އަތުލައިގަތުމަށް ފުލުހުން ދެ ވެހިކަލް ހިފެހެއްޓިއެވެ. އެއީ ކޭރަލާ ރަޖިސްޓްރޭޝަން ނަންބަރު ހަރުކޮށްފައި ހުރި ދެ ވެހިކަލްއެވެ. ފުލުހުން ބުނާ ގޮތުގައި މި މާވަހަރު އަތުލީ ތިރުވަނަންތަޕުރަމްއިން ގެނެސް ބެންގަލޫރު މެދުވެރިކޮށް އާންދްރާ ޕްރަދޭޝްއަށް ގެންދަނިކޮށެވެ. 

އިންޑިއާގައި މާވަހަރު ވިއްކުމަކީ ވައިލްޑްލައިފް ޕްރޮޓެކްޝަން އެކްޓް 1972 ގެ ދަށުން މަނާކަމެކެވެ. ސަބަބަކީ މާވަހަރަކީ ރައްކާތެރިކުރެވިފައިވާ ދިރޭއެއްޗަކުން އުފެދޭ އެއްޗެއް ކަމަށްވާތީއެވެ. މާވަހަރަކީ ބޮޑުމަހުގެ ހަށިގަނޑުން އުފެދޭ މާއްދާއެކެވެ. މީގެ އަގުބޮޑުވަނީ ސެންޓު އިންޑަސްޓްރީގައި މި ބޭނުންކުރާތީއެވެ. ކޮޑާގު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ކޭ. ރާމަރާޖަން މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ހިންގި ޓީމަށް ޝުކުރު އަދާކޮށްފައިވެއެވެ.

12%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
23%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް