ads
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ވައްކަމުގެ މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފި
ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި މާލޭން އަންހެނަކު ހައްޔަރުކޮށްފިއެވެ.
Advertisement

ވައްކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، ސަނާ ރަޝާދު ކިޔާ އުމުރުން 39 އަހަރުގެ އަންހެނެކެވެ. އޭނާގެ މައްޗަށް ވައްކަމުގެ ތުހުމަތު ކުރެވިފައިވީނަމަވެސް މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ސަނާ ރަޝާދު ހައްޔަރުކޮށް، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ކޯޓުންވަނީ 10 ދުވަސް ޖަހާފައެވެ. 

ބަންދު މުއްދަތު ޖެހީ ކްރިމިނަލް ކޯޓުގެ ގާޒީ އާމިނަތު އަޒްލިފާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް