ads
ރައީސް އޮފީސް
ދައުލަތުގެ އިދާރާތަކުން ސައިބާ ސެކިއުރިޓީ މިންގަނޑުތައް ހިފެހެއްޓުން ލާޒިމުކުރާ ގާނޫނެއް
ދައުލަތުގެ އިދާރާތަކުން ސައިބާ ސެކިއުރިޓީ މިންގަނޑުތައް ހިފެހެއްޓުން ލާޒިމުކުރާ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ނިމި، ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ނޭޝަނަލް ސައިބާ ސެކިއުރިޓީ އޭޖެންސީގެ ސީއީއޯ ޑރ. ނައުފަލް އަބްދުލްހާދީ ވިދާޅުވެއްޖެއެވެ.
Advertisement

މި ގާނޫނުގެ ސަބަބުން ދައުލަތުގެ އިދާރާތަކުން ސައިބާ ހަމަލާތަކުގެ މައުލޫމާތު އެ އޭޖެންސީއާ ހިއްސާކުރުން ލާޒިމުވާނެ ކަމަށާއި، އިދާރާތަކުން ވަކި މިންގަނޑެއް ހިފަހައްޓަންވެސް ލާޒިމުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ޑރ. ނައުފަލް ވިދާޅުވީ ރާއްޖޭގެ ޕަބްލިކް ސެކްޓަރއަށް ބަލާއިރު ސައިބަ ސެކިއުރިޓީގެ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށެވެ. އަދި އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އިދާރާތައް އެއް މިންގަނޑަކަށް އަމަލުކުރަން ގާނޫނީ އޮނިގަނޑެއް ނެތުން ކަމަށް ފާހަގަކުރިއެވެ. އާ ގާނޫނުގެ ދަށުން ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ބަލަހައްޓާ އިދާރާތަކުން ދެ އަހަރުން އެއްފަހަރު ޕެނިޓްރޭޝަން ޓެސްޓުތަކާއި އޮޑިޓްތައް ހެދުން ލާޒިމުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނޭޝަނަލް ސައިބާ ސެކިއުރިޓީ އޭޖެންސީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ނޭޝަނަލް ސައިބާ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް ފެށުން ކަމަށް ޑރ. ނައުފަލް ބުނެފައިވެއެވެ. މި ސެންޓަރު ގާއިމުކުރުމުން މައިކްރޮސޮފްޓް، ގޫގުލް ފަދަ ބޮޑެތި ކުންފުނިތަކުގެ ތްރެޓް އިންޓެލިޖެންސް ލިބޭނެ ކަމަށާއި، މިފަދަ ސެންޓަރެއް ގާއިމުކުރުމުން 80 ޕަސަންޓު މައްސަލަތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ދާހިލީ މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ ގޮތަށް ނޭޝަނަލް ސައިބާ ސެކިއުރިޓީ އޭޖެންސީ އުފެއްދީ މިދިޔަ އަހަރުގެ މާޗު މަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް