ads
އައްޑޫ ލިންކު ރޯޑް----
އެއް ދުވަސް މަތިން ދެ ލިންކު ރޯޑުގައި ދެ ޒުވާނުންގެ މަރު!
ރާއްޖޭގެ ދެ ސަރަހައްދެއްގައި ހުރި ލިންކު ރޯޑުތަކުގައި އެއް ދުވަސް މަތިން ހިނގި ދެ އެކްސިޑެންޓެއްގައި ދެ ޒުވާނަކު މަރުވެއްޖެ އެވެ.
Advertisement

މިގޮތުން އައްޑޫސިޓީ ފޭދޫގައި ހިނގި އެކްސިޑެންޓެއްގައި ސައިކަލު ދުއްވަން އިން ޒުވާނަކު މިރޭ މަރުވިއިރު، ލ. އަތޮޅުގައި ހިނގި އެކްސިޑެންޓެއްގައި ސައިކަލު ދުއްވަން އިން ޒުވާނަކު މިއަދު ހެނދުނު މަރުވެފައިވެ އެވެ.

ފޭދޫ ލިންކުރޯޑުގައި ހިނގި އެކްސިޑެންޓަކީ ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެކެވެ. ޕޮލިސް ސަރވިސްއިން މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ މިރޭ 7:29 ހާއިރު އެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން ސ. ފޭދޫ އުލްފަތު އިބްރާހިމް ސިޔާދު ނިޔާވެފައިވާކަން ސިއްހީމަރުކަޒުން ކަށަވަރުކޮށްފައިވެ އެވެ. އަދި މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި ގދ. ފިޔޯރީ ޒުވާނެއް ކަމަށްވާ މުހައްމަދު މާހިލް މުމްތާޒް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ލ. އަތޮޅުގައި ހިނގި އެކްސިޑެންޓަކީ ލ. ގަމާއި ފޮނަދުއާ ދެމެދު ހަދާފައިވާ ލިންކު ރޯޑުގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެކެވެ. މި އެކްސިޑެންޓުގައި ލ. މާބައިދޫ، ސޫރަޖްވިލާ، އިބްރާހިމް ނައުޒަމް (30 އަހަރު) މިއަދު ހެނދުނު 8:45 ހާއިރު ނިޔާވެފައިވެ އެވެ. އެކްސިޑެންޓު ހިނގީ ލިންކު ރޯޑުން މާންދޫ ގުޅުވައިދޭ ހިސާބުގައި ހުރި ބެންޑެއްގައި ކަމަށާއި، މި ސަރަހައްދަކީ މީގެ ކުރިން ވެސް ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައިވާ ސަރަހައްދެއް ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނެ އެވެ. އެކްސިޑެންޓު ހިނގަން މެދުވެރިވީ ޒުވާނާ ދުއްވަމުން ދިޔަ ސައިކަލު ކޮންޓްރޯލް ނުވެ، މަގުގެ އެއްފަރާތުގައި ޖެހިގެނެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް