ads
ޒަކާތު ފަންޑުން މާސްޓާ، ޕީއެޗްޑީއަށް ކިޔެވެމުގެ ފުރުސަތު
ޒަކާތު ފަންޑުން މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވެމުގެ ފުރުސަތު ހުޅުވާލަން ނިންމައިފިއެވެ.
Advertisement

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޒަކާތު ފަންޑުގެ ސްކޮލާޝިޕް މި ހަފްތާގައި އިއުލާންކުރެވޭނެކަަށެވެ. އަދި އިސްލާމީ ޢިލްމުގެ މުހިންމު ތަފާތު ދާއިރާތަކުން މާސްޓާސް އަދި ޕީއެޗްޑީގެ ގިނަ ފުރުސަތުތަކެއް ހުޅުވައިލެވޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

މީގެއިތުރުން މިސްރާއި ސަޢުދީ ފަދަ ޤައުމުތަކުގައި އަމިއްލަ ހަރަދުގައި އިސްލާމީ އިލްމު އުނގެނެމުންދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް މާލީ އެހީއެއް ދޭން ނިންމާ އެކަންވެސް އިއުލާންކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަދި މެޑިސިންގެ ދާއިރާއިން ސުޕާ ސުޕެޝަލިސްޓުން މިޤައުމުގައި ނެތް މުހިންމު ބައެއް ބާއިރާތަކަށް ވެސް އެހީ ދޭނެކަމަށް ޑރ. ޝަހީމު ވިދާޅުވިއެވެ. 

"ޒަކާތު ފަންޑުގެ ފީ ސަބީލިﷲ ބައިން މި ފުރުސަތުތަކަށް ފަންޑުކުރެވިގެންދާނެ. ދިވެހި ރައްޔިތުންގެ ދީލަތި ކަމާއެކު، ޒަކާތު ފަންޑު އިތުރުވެގެން ދިއުމަކީ އިސްލާމްދީނަށް ލިބިގެން ދިޔަ ނަސްރެއް." އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ކީރިތި ޤުރުއާނުގެ އިލްމު ފެތުރުމާއި ހާފިޒުން އުފެއްދުމުގެ މަޝްރޫއުތަކަށް ވެސް ޚަރަދު ކުރެވޭނެކަމަށާއި މިކަންކަމަކީ، ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ރައީސް މުއިއްޒު ކުރެއްވި މަސައްކަތްތަކުގެ ހެޔޮ ނަތީޖާކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. މިކަންކަމުގެ އިތުރުން ޒަކާތު ފަންޑުގެ ފަޤީރުންނާއި މިސްކީނުންގެ ބައިން ފަޤީރުންގެ ބޭސް ފަރުވާއާއި ކިޑްނީ ޓްރާންސް ޕްލާންޓްކުރުމާއި ބޯން މެރޯ ހެދުމާއި ފުއްޕާމެއާއި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށްވެސް ހޭދަކުރަމުން އަންނަކަންވެސް މިނިސްޓާރު ޝަހީމް ފާހަގަކުރެއްވިއެވެ. 

މީރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރގައި މުދަލު ޒަކާތުގެ ގޮތުގައި 34.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 23.5 މިލިއަން ރުފިޔާއާ އަޅާބަލާއިރު 47.6 ޕަސަންޓުގެ ކުރިއެރުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް