ads
މަންދީ ގަޔަށް ކަޅު ތެޔޮ ޖަހާފައި.
މަންދީއަށް ދިން ކަޅުތެޔޮ ހަމަލާ: ސައިކަލުގައި އިން ދެވަނަ މީހަކު ހޯދަނީ
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމުގެ މަންމަ، މަރިޔަމް ޒުބައިރު (މަންދީ) ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި ސައިކަލު ދުއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަހްމަދު ރިޝްމާހް ބަންދުން ދޫކޮށްލައި ސައިކަލުގައި އިން ދެ ވަނަ މީހަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
Advertisement

ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، ރިޝްމާހް ވަނީ ތަހުގީގަށް ފުލުހުންނަށް އެއްބާރުލުން ދީފައެވެ. އަދި އޭނާއާއެކު ސައިކަލުގެ ފަހަތުގައި އިން މީހާގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ. ރިޝްމާހް ބަންދުން ދޫކޮށްލާފައިވަނީ ހޮނިހިރު ދުވަހު ޝަރުތުތަކެއް ކުރުމަށްފަހު، ތަހުގީގަށް އެއްބާރުލުން ދިނުމަށް އެއްބަސްވުމާ ގުޅިގެން ފުލުހުން އެދުމުންނެވެ.

މަންދީ ގަޔަށް ކަޅުތެޔޮ ޖެހީ މާޗު 17ގެ ރޭ ދަންވަރު، އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން ރައީސް މުއިއްޒުގެ ބޭފުޅެއްގެ ވާހަކަދެއްކި ކަމަށް ބުނެ ފުލުހުން ތަހުގީގެއް ހިންގަން ފެށި ދަނޑިވަޅުގައެވެ. ރިޝްމާހް ހައްޔަރުކޮށްފައިވަނީ މާޗު 27ގައި، ކޯޓު އަމުރެއްގެ ދަށުންނެވެ. ފުރަތަމަ ބަންދާމެދު ގޮތެއް ނިންމިއިރު އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، އެ މުއްދަތު ހަމަވުމާ ގުޅިގެން އަލުން ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލީއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް