ads
ޒަކާތުގެ ހައުސްގެ މުވައްޒަފުން ޒަކާތް ބެހުމުގައި
ޒަކާތު ފަންޑުން މާސްޓާސް އަދި ޕީއެޗްޑީ ސްކޮލަޝިޕްތައް މި ހަފްތާގައި އިއުލާންކުރަނީ
ޒަކާތު ފަންޑުގެ ސްކޮލަޝިޕްތައް މިހަފްތާގެ ތެރޭގައި އިއުލާންކުރެވިގެންދާނެ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
Advertisement

މި ސްކޮލަޝިޕްގެ ދަށުން އިސްލާމީ އިލްމުގެ މުހިންމު އަދި ތަފާތު ދާއިރާތަކުން މާސްޓާސް އަދި ޕީއެޗްޑީގެ ގިނަ ފުރުސަތުތަކެއް ހުޅުވައިލެވޭނެ ކަމަށް މިނިސްޓަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

މީގެ އިތުރުން، މިސްރު އަދި ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުގައި އަމިއްލަ ހަރަދުގައި އިސްލާމީ އިލްމު އުނގެނެމުންދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް މާލީ އެހީއެއް ވެސް އިއުލާންކުރެވޭނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. އަދި މެޑިސިންގެ ދާއިރާއިން ސުޕަރ ސްޕެޝަލިސްޓުން ރާއްޖޭގައި ނެތް މުހިންމު ބައެއް ދާއިރާތަކަށް ވެސް އެހީ ދެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ފުރުސަތުތަކަށް ފަންޑުކުރެވޭނީ ޒަކާތު ފަންޑުގެ "ފީ ސަބީލިﷲ" ބައިން ކަމަށް މިނިސްޓަރު ޝަހީމް ހާމަކުރެއްވިއެވެ. މީގެ އިތުރުން، ކީރިތި ގުރުއާނުގެ އިލްމު ފެތުރުމާއި ހާފިޒުން އުފެއްދުމުގެ މަޝްރޫއުތަކަށް ވެސް ހަރަދުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. އަދި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ކަމަށް ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް