ads
ޕީޖީ އޮފީސް - ފޮޓޯ: ސަން
ޖިންސީ ފުރައްސާރައިގެ ތުހުމަތު ޕީޖީ އޮފީހުން ދެ ވަކީލަކަށް
ޖިންސީ ފުރައްސާރައިގެ ތުހުމަތު ޕީޖީ އޮފީހުން ދެ ވަކީލެއްގެ ފޯނު ފުލުހުން ހިފަހައްޓައިފިއެވެ.
Advertisement

މި ދެ ވަކީލުންނަށް ތުހުމަތުކުރަނީ ޕީޖީ އޮފީހުގެ އެޑްމިންގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތެވެ. މި މައްސަލާހައި ފޯނު ހިފަހައްޓާފައިވަނީ ޕީޖީ އޮފީހުގެ ފިރިހެން ދެ ވަކީލުންނަށެވެ. 

ފުލުހުން މިއަދު ވަނީ ޕީޖީ އޮފީހަށް ވަދެ އެތަނުން އެއް ވަކީލަކު ގޮވައިގެން އޭނާގެ ގެއަށް ގޮސްފައެވެ. 

މި ކަމާއި ގުޅޭގޮތުން ޕީޖީ އޮފީހުން ތަފްސީލުކޮށް ޖަވާބު ނުދިން ނަމަވެސް އެ ދެ މުވައްޒަފުންގެ މައްސަލައެއް ބަލަމުން އަންނަކަމަށް ވަނީ ބުނެފައެވެ. ބަލަމުން އަންނަނީ އެ ދެ ވަކީލުން ޖިންސީ ފުރައްސާރައާ ގުޅޭ މައްސަލައެއް ކަމަށޤ ޕީޖީ އޮފީހުން ބުނެއެވެ. އަދި މީގެއިތުރުން މި ދެ މުވައްޒަގުންގެ ސުލޫކީ މައްސަލަ އެއްވެސް ބަަލަމުން އަންނަކަމަށް ޕީޖީ އޮފީހުން ބުނެއެވެ. 

މައްސަލަ ނިމެންދެން އެ ދެ ވަކީލުން މަގާމުން ސަސްޕެނެޑްކޮށްފައިވާކަމަށް ޕީޖީ އޮފީހުން ބުނެއެވެ. 

މި މައްސަލައާއި ގުޅިގެން އަދި ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް