ads
ފޮޓޯ އެމްޓީސީސީ
މާފަރާއި މަގޫދޫގައި އެމްޓީސީސީން މަޝްރޫއުތަކެއް ފަށަނީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނ. މާފަރާއި މަގޫދޫގައި މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
Advertisement

މި ދެ ރަށުގައި ކުރިއަށްގެންދާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ގެންގޮސް ސައިޓް މޮބިލައިޒްކޮށް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މަގޫދޫގައި ފެށުމަށް ހަމަޖެހިފައިވަނީ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރަކާއި އައުޓްޑޯ ޖިމްގެ މަސައްކަތެވެ. އަދި މާފަރުގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރަކާއި، ފުޓުބޯޅަ ދަނޑަކާއި، ޕޮލިސް ޕޯސްޓެއްގެ އިތުރުން އައުޓްޑޯ ޖިމެއްގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

މަގޫދޫގައި ކުރިއަށްގެންދާ މި މަޝްރޫއުތައް ނިމުމުން އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. 

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާއި ގުޅުންހުރި ގިނަ މަޝްރޫއުތަކެއް ނުފެށި ނުވަތަ ހުއްޓިފައި ހުރުމުގެ ސަބަބުން ރައްޔިތުން ކަންބޮޑުވުން ފާޅުކުރާ ކަމަށާއި، މިފަދަ މުހިއްމު މަސައްކަތްތައް ފެށުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް