ads
ސައުދީ ފަނޑުގެ ސީއީއޯއާއި ފިނޭންސް މިނިސްޓަރު ޒަމީރު
ވީއައިއޭ ނިންމުމަށް ސައުދީ ފަންޑުން އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް
ވެލާނާ އިންޓަނޭޝަލަން އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތައް ނިންމުމަށް ސައުދީ ފަންޑުން އިތުރު 17 މިލިއަން ޑޮލަރު (261.8 މިލިއަން ރުފިޔާ) ލޯނެއް ދީފިއެވެ.
Advertisement

މި ލޯނުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ފަރާތުން ސޮއިކުރެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސާ ސުލްތާން ބިން އަބްދުއްރަހްމާން އަލް މުރްޝިދްއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

ވެލާނާ އެއާޕޯޓް ނިންމަން ސައުދީ ފަންޑުން މި ދިން 63.7 މިލިއަން ސައުދީ ރިޔާލު ލޯނަކީ އާ ޓާމިނަލް ނިންމަން ސައޫދީ ފަންޑުން ދޭ ދެވަނަ ލޯނެވެ. އެގޮތުން މީގެ ކުރިންވެސް އެއާޕޯޓްގެ މަސައްކަތަށް ސައުދީ ފަންޑުން ވަނީ   200 މިލިއަން ޑޮލަރުގެ ލޯނު ދީފަ އެވެ.

ވެލާނާ އެއާޕޯޓް މަސައްކަތް ނިންމަން ސައުދީގެ އިތުރުންވެސް ބައެއް ގައުމުތަކުން ވަނީ ލޯނު ދީފައެވެ. 

  • އަބޫ ދާބީ ފަންޑުން 90 މިލިއަން ޑޮލަރު
  • އޯޕެކް ފަންޑުން  50 މިލިއަން ޑޮލަރު
  • ކުވޭތު ފަންޑު: 50 މިލިއަން ޑޮލަރު
  • ޗައިނާ އެގްޒިމް ބޭންކުން  373.9 މިލިއަން ޑޮލަރު

ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ މަސައްކަތް ހަވާލުވީ ސައުދީ ބިންލާދިން ގްރޫޕުންނެވެ. އެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ 2016 ވަނަ އަހަރުއެވެ.

ސައުދީ ބިންލާދިން ގްރޫޕުން އެއާޕޯޓް ޓާމިނަލްގެ މަސައްކަތް ކުރަމުން އަންނަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއަުގެ އަގަކީ 350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ) އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް