ads
ޑރ. އަޒްމިރާލްދާ ޒާހިރު
އަޒްމިރަލްދާ ހުށައެޅުއްވި ޝަކުވާ މަޖިލީހުން ބަލަނީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު މަޖިލިހަށް ހުށައެޅުއްވި ޝަކުވާ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ބަލަން ނިންމައިފިއެވެ.
Advertisement

އަޒްމިރަލްދާ މަޖިލިހަށް މައްސަލަ ހުށައެޅުއްވީ އޭނާގެ މައްޗަށް ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން ދަނީ ބޭއިންސާފުން ކަމަށް ވިދާޅުވެއެވެ. އަޒްމިރަލްދާ އެދިވަޑައިގެންފައިވަނީ ޖޭއެސްސީގެ ތަހުގީގު ކޮމިޓީގައި ތިއްބެވި ތިން މެންބަރުންގެ މައްސަލަ ބަލާ ދިނުމަށެވެ. 

ޖޭއެސްސީގެ ތަހުގީގު ކޮމެޓީގައި ތިއްބަވާ މެމްބަރުން

  •  ޔަޒްމީދު މުހައްމަދު / ރައީސް މުހައްމަދު މުއިއްޒުގެ މެމްބަރު 
  •  މުހައްމަދު ނާސިހު / ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް
  •  އަލީ އަބްދުއްލަތީފް / ގާނޫނީ ވަކީލުން ތަމްސީލްކުރައްވާ މެމްބަރު

އަޒްމިރަލްދާ ހުށައެޅުއްވި މައްސަލަ ބެލުމަށް އެދުނީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރެވެ. މައުރޫފުގެ ހުށަހެޅުއްވުމަށް ތާއީދުކޮށް ކޮމެޓީން އެ މައްސަލައިގައި ކަންކުރާނެ ގޮތް ހުށައެޅުއްވީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދެވެ. އެނާ ހުށައެޅުއްވި ގޮތުގައި ވަނީ ކަން ހިނގި ގޮތް ޖޭއެސްސީން ލިޔުމުން ހޯދުމަށާއި ޖޭއެސްސީގައި ހުރި އެ މައްސަލަތަކުގެ ލިޔެކިޔުންތަކާއި އެސްއޯޕީތައް ނުވަތަ އޮންނަ އުސޫލުތަކުގެ ލިޔެކިޔުންތައް ހޯދުމަށެވެ. މީގެއިތުރުން ލިޔެކިޔުންތައް ބެލުމަށް ފަހު ކޮމިޓީއަށް ހާޒިރުކުރަން ޖެހޭ ފަރާތްތައް ނިންމައި ހާޒިރުކުރުމަށްވެސް ފަޒާދު ހުށައެޅުއްވި ގޮތުގައި ވެއެވެ. 

ސުލޫކީ މައްސަލަތަކެއް ބަލަމުން އަންނަކަމަށް ބުނެ އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު މަހާޒު އަލީ ޒާހިރު ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑްކުރީ 26 ފެބްރުއަރީގައެވެ. އޭގެ ފަހުން ހުސްނުއް ސުއޫދު ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ. އަދި މިމައްސަލަ ބައިނަލް އަގްވާމީ އިދާރާތަކަށް އޭނާ ވަނީ ހުށައަޅުއްވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް