ads
ހުޅުމާލެ:
ހުޅުމާލޭގައި ވަގަށް ނެގި ކާރު ވެރިފަރާތާ ހަވާލުކޮށްފި
ހުޅުމާލޭގައި ޕާކުކޮށްފައި އޮއްވާ ވަގަށް ނެގި ކާރެއް ފުލުހުން ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.
Advertisement

ފުލުހުން ބުނީ ރޭ ދަންވަރު ހުޅުމާލެ ފިތުރޯނު މަގުގައި ޕާކުކޮށްފައި އޮތް ކާރެއް ވަގަށް ނެގުމުން، ސީސީޓީވީ ފުޓޭޖު ބަލައި އެ ކާރު ހޯދާފައިވާ ކަމަށެވެ.

ފުލުހުން ދިން މައުލޫމާތުގައިވާ ގޮތުން، ކާރު ޕާކުކުރުމަށްފަހު ރޭ 01:15 ހާއިރު ކާރަށް އަރަން ވެރިފަރާތުން ދިޔައިރު، ޕާކުކުރި ތަނުގައި ކާރު ނެތުމުން އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. ކާރު ޕާކުކޮށްފައި އޮތީ އެތެރޭގައި ރިމޯޓު ބާއްވާފައިކަމަށް ފުލުހުން ބުނެފައިވެއެވެ. ސީސީޓީވީ ކެމެރާ ފުޓޭޖު ބެލިބެލުމުން، އަންހެނަކާއި ފިރިހެނަކު އެ ކާރަށް އަރައިގެންދާ މަންޒަރު ފެނިފައިވާ ކަމަށް ފުލުހުން ބުނިއެވެ.

ފުލުހުން ވަނީ ކާރު އޮތް ސަރަހައްދު ބަލައި އެ އުޅަނދު ހޯދައި، ކާރުގެ ވެރިފަރާތާ ހަވާލުކޮށްފައެވެ. ވެރިފަރާތުގެ ހާޒިރުގައި އުޅަނދު ޗެކުކުރިއިރު އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް ކާރު ވަގަށް ނެގި މީހުން ވަނީ ރިމޯޓު ގެންގޮސްފައިކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވާއިރު، ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް