ads
ޕީޖީ
ޕީޖީ އޮފީހަށް އާ ލޯގޯއެއް: އެކަޑަމީއެއްވެސް އުފައްދަނީ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އާ ލޯގޯއެއް ތައާރަފުކޮށް، ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްފިއެވެ.
Advertisement

މި ޕްލޭންގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި "ޕީޖީ އެކަޑަމީ" ގެ ނަމުގައި ގާނޫނީ ދާއިރާގެ ފަންނީ ތައުލީމާއި ތަމްރީނު ދޭ އެކަޑަމީއެއް އުފެއްދުން ހިމެނެއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އައްބާސް ޝަރީފް މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރެއްވި އެއް މަސައްކަތަކީ މި ސްޓްރެޓީޖިކް އެކްޝަން ޕްލޭން އެކުލަވާލެއްވުމުގެ މަސައްކަތް ކަމަށް އެ އޮފީހުން ބުނީއެވެ. މީރުމާގޭ ކޮންފަރެންސް ހޯލުގައި ބޭއްވި ހާއްސަ ހަފްލާގައި، ޕީޖީ އޮފީހުގެ ބްރޭންޑިން ބަދަލުކޮށް އާ ލޯގޯއެއް ތައާރަފުކޮށްފައެވެ. ދިވެހި އަކުރުގެ "ޕ" އަދި "ޖ" އަސްލަކަށް ބަލައިގެން އެކުލަވާލާފައިވާ މި ލޯގޯއަކީ ދިވެހިވަންތަ އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތާއި މަސައްކަތް ރަމްޒުކޮށްދޭ ލޯގޯއެކެވެ.

ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ އެހެނިހެން މުހިންމު ކަންތައްތަކުގެ ތެރޭގައި، ޖިނާއީ މައްސަލަތަކުގައި ވިކްޓިމައިޒްވާ ފަރާތްތަކަށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމާއި، އެ އޮފީހުގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމާއި، އެ އޮފީހުން ބޭނުންކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް އެއް ކުޑައެއްގެ ދަށަށް ބަދަލުކޮށް "ޕީޖީ ޓީވީ ޕްލަސް" ގެ ގޮތުގައި ލޯންޗުކުރުން ހިމެނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް